ރަށްރަށުގެ ކަރަންޓު މާލެ އާއި އެއްހަމަ ކުރަން ހަމަސްދުވަހުގެ މުއްދަތެއް

b_M1nXmj8SS0iZV8n01x2lIsXdB.jpeg

އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބާއި، އެ ކޮމިޓީގެ ނާއިބު ނުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ---ފޮޓޯ: މަޖިލިސް އިދާރާ

ރާއްޖެތެރެއަށް، ފެނަކައިން ދޭ ކަރަންޓްގެ ހިދުމަތުގެ އަގު، ސްޓެލްކޯއިން މާލެއަށް ދޭ ކަރަންޓްގެ އަގާ އެއްވަރު ކުރެވޭނެ ގޮތް ހެދުމަށް ހަ މަސްދުވަހުގެ މުހުލަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ކަރަންޓަށް ބިލުކުރުމުގައިރާއްޖެތެރެ އާއި މާލެ ސަރަހައްދުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަކާ ގުޅިގެންނެވެ.

އެ ގަރާރުގައި ވަނީ، 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި ކަމަށެވެ. ނަމަވެސް ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ ހަރުފިޔާ އެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާ އެވެ.

ގަރާރާ ގުޅިގެން ކޮމިޓީން ފާސްކޮށްފައިވަނީ ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ޚިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަ ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހަށް ނިންމުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ނިންމުމުގެ ކުރިން އެސްއޯއީ ކޮމިޓީން ވަނީ ފެނަކައާއި ސްޓެލްކޯއާއި މަޝްވަރާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top