ޝެއިންގެ ބައެއް އުފެއްދުންތަކުގައި ނުރައްކާތެރި ކެމިކަލް!

E9CBE4FA-11D3-4D95-B3B0-9BA02D8C7EB8-850x548-1.jpeg

ޝެއިންގެ ބައެއް އުފެއްދުންތަކުގައި ނުރައްކާތެރި ކެމިކަލްތަކެއް

ޗައިނާގެ އަލްޓްރާ-ފާސްޓް ފެޝަން ބްރޭންޑް، ޝެއިންގެ ބައެއް އުފެއްދުންތަކުގައި ތިމާވެއްޓާއި ސިއްހަތަށް ނުރައްކާތެރި ކެމިކަލްގެ މާއްދާތައް އެކުލެވޭ ކަމަށާއި އީޔޫގެ މިންގަނޑަށް ވުރެ 100 ޕަސެންޓް އިތުރަށް ވެސް ބައެއް އުފެއްދުންތަކުގައި މި ކެމިކަލް އެބަހުރި ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ގްރީންޕީސްގެ ރިޕޯޓެއްގައި ބުނެފި އެވެ.

ގްރީންޕީސްގެ ރިޕޯޓެއްގައި ބުނެފައިވަނީ ޝީންގެ 47 އުފެއްދުމެއްގެ ޕްރޮޑަކްޓް ޓެސްޓުތަކުން 15 އިންސައްތަ އީޔޫގެ މިންގަނޑަށްވުރެ އިތުރަށް ނުރައްކާތެރި ކެމިކަލްތައް ފާހަގަކުރެވިފައިވާ ކަމަށާއި އީޔޫގެ މިންގަނޑަށް ވުރެ 100 ޕަސެންޓް އިތުރަށް ވެސް ބައެއް އުފެއްދުންތަކުގައި މި ކެމިކަލް އެބަހުރި ކަމަށެވެ.

ދިރާސާ ކުރުމަށް ގްރީންޕީސް އިން ވަނީ އޮސްޓްރިއާ، ޖަރުމަން، އިޓަލީ، ސްޕެއިން އަދި ސްވިޓްޒަލޭންޑްގެ ޝެއިން ވެބްސައިޓްތަކުން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި އަދި ތުއްތު ކުދިންނަށް ހާއްސަ ހެދުންތަކާއި ފައިވާނާއި ބޫޓު ހިމެނޭ ގޮތަށް 42 އުފެއްދުން ގަނެފަ އެވެ. އަދި ފަސް އުފެއްދުމެއް، ޖަރުމަނުގެ މިއުނިކްގައި ހުންނަ ޕޮޕް އަޕް ފިހާރައަކުން ގަނެފައިވެ އެވެ.

އޭގެ ތެރެއިން ބައެއް ބޫޓުތަކުގައި ފުއްޕާމެޔާއި ކިޑްނީ ފަދަ ގުނަވަންތަކަށް ގެއްލުންވާ “ފާލޭޓް” ކެމިކަލް މަތީ މިންވަރަކަށް ހުރި ކަމަށާއި ތުއްތު ކުދިންގެ ހެދުމަކުން “ފްރްމަލްޑަހައިޑް” ކިޔާ ކެމިކަލެއް ވެސް ފެނިފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އެއީ ނޭވާލާ ނިޒާމަށް ނުރައްކާތެރި ކެމިކަލެކެވެ.

ގްރީންޕީސް އިން ބުނީ މިއީ ވިޔަފާރީގެ ބޭނުމަށް އިންސާނުންނާއި ތިމާވެއްޓަށް ބެލުމެއް ނެތި ޝެއިންގެ ވިޔަފާރި ބިނާކޮށްފައިވާ ކަމުގެ ހެއްކެކެވެ. ޗައިނާގެ ނަންޖިންގައި ހުންނަ ޝެއިން އިން އީޔޫގެ ތިމާވެށީގެ ގަވައިދާ ހިލާފުވެ، މުދާ އުފެއްދުމުގައި މަސައްކަތްތެރިންނާއި ކަސްޓަމަރުންގެ ސިއްހަތު ވެސް ނުރައްކަލަށް ހުށަހަޅާފައިވާ ކަމަށް މި ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ޝެއިން އިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ވެސް އެތައް ހާސް އާ ޑިޒައިންތަކެއް މާކެޓްކޮށް، އެތައް ހާސް ސަޕްލަޔަރުންގެ ނެޓްވޯކްތައް މެދުވެރިކޮށް ޑެލިވަރީތައް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top