ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ އަދަދު ބޮޑުތަނުން ދަށަށް

345101_3_6a874becfec08f512ad49864b3d74ca66428bc0c_large.jpg

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --ފޮޓޯ:މިހާރު

ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގެ އަދަދު އެއް ބިލިއަން ރުފިޔާ އިން 98.7 މިލިއަން ރުފިޔާއަށް ވެއްޓިއްޖެ އެވެ.

ކުރީގެ ސަރުކާރުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު އުފެއްދީ ކުއްލި ހާލަތު ގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގަ އާއި އިގުތިސާދަށް ކުރިމަތިވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެސްޑީއެފް ބޭންކް ބެލެންސް ގައި މިމަހުގެ 17 ވަނަ ދުވަހު ހުރީ 98.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޮކްޓޫބަރު 27ގައި އެ އަދަދު ހުރީ އެއް ބިލިއަން ރުފިޔާގައި ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

އެސްޑީއެފް ބޭންކް ބެލެންސްގެ އަދަދު އޭގެ ފަހުން ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ނޮވެމްބަރު ދެވަނަ ދުވަހު އެސްޑީއެފް ބޭންކް ބެލެންސްއަކީ 72.3 މިލިއަން ރުފިޔާ އެވެ. ނޮވެމްބަރު 10 ވަނަ ދުވަހު އެ އަދަދު ހުރީ 80 މިލިއަން ރުފިޔާގަ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 17 ވަނަ ދުވަހު އެ އަދަދު ހުރީ 98.7 މިލިއަން ރުފިޔާގަ އެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު ޖަމާކުރީ 720 މިލިއަން ރުފިޔާ އެވެ. މިއަހަރު ނިމޭއިރު ފަންޑަށް 769.2 މިލިއަން ރުފިޔާ ޖަމާކުރުމަށް އަންދާޒާ ކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ 2026ވަނަ އަހަރަށް ފަންޑަށް 600 މިލިއަން ޑޮލަރު އިތުރުކުރުމަށް އަމާޒު ކަނޑަައަޅައިފައެވެ.

އެއާއެކު މިހާރު އެ ފަންޑުން ކޮށްފައިވާ އިންވެސްޓުމަންޓުތައް 2026ވަނަ އަހަރަށް މެޗުއާ ނުކުރެވިއްޖެނަމަ ދަރަނި އަދާކުރަން ބޮޑު ދައްޗަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top