ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފާސް ކޮށްފި

large_165289340341Va76.jpg

ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/

ފިހާރަތަކުން ވިޔަފާރި ކުރުމުން ހިލޭ ދޭ ޕްލާސްޓިކް ކޮތަޅު، ދެ ރުފިޔާއަށް ވިއްކައި، އެ ފައިސާ ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ދޭން ލާޒިމުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލު މިއަދުގެ ޖަލްސާގައި ފާސް ކުރީ 54 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލު ފާސްކޮށްފައިވާއިރު އެ ބިލު ހުށަހެޅުމުގެ މަގްސަދަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގައި އެކަންކަން ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އުސޫލުތައް ކަނޑައެޅުން ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

އެ ބިލުގައި ބުނާގޮތުގައި ވިޔަފާރިކުރާ ހުރިހާ ތަނަކުން ވެސް ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ދޭއިރު އެ ކޮތަޅުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށް ބަދަލުވެ، އަމަލު ކުރަން ފަށާތާ 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގައި، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި ފީގެ އަދަދު އެނގޭނެހެން ހިމަނަން ވާނެއެވެ.

ޕްލާސްޓިކް ކޮތަޅުތަކުން ފީއެއް ނެގުމަށް ނިންމި ނަމަވެސް ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ކުނީގެ ޚިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެއެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި ބަދަލުތަކާއެކު ޕްލާސްޓިކް ކޮތަޅުން ފީ ނެގުން ލާޒިމުވާނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަސްގެ ފަހުން ނެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފުވެއްޖެނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top