ފޮޓޯއިން ޚަބަރު: އޭދަފުށީ ބޮޑު މިސްކިތު ސީލިންގް ނިމިއްޖެ. ގުއްބު ވަރަށް ޗާލު

17.jpg

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން ގެ ސީލިންގް މަރާމާތުކޮށް ނިމުނުއިރު ގުއްބުއެތެރެ ގެންނަން ހުރިގޮތް / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އޭދަފުށި (25 އޯގަސްޓް 2017) – އޭދަފުށީގެ އެންމެ ބޮޑު މިސްކިތް ކަމުގައިވާ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގެ ސީލިންގް މަރާމާތުކުރުމުގެ މަސައްކަތް ނިންމައި މިސްކިތް އެއްކޮށް ހުޅުވާލައިފިއެވެ.

މިދިޔަ އޭޕްރީލް މަހު ފެށި މިމަސައްކަތް ކޮށްފައިވަނީ އޭދަފުށީ ރިނައުން ގްރޫޕުންނެވެ. 0.6 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަގަކަށް ކުރެވުނު މިމަސައްކަތް ނިމުނު އިރު އެންމެ ފާހަގަކޮށްލެވުނީ ގުއްބުގެ ސީލިންގް ޑިޒައިން ކުރިއާ އަޅާ ބަލާއިރު ތަފާތުވެފައި، ރީތިކަމެވެ.

އޭދަފުށީ ރައްޔިތުންގެ ބުރަ މަސައްކަތާއެކު ސަރުކާރުގެ އެހީގައި 1995 ވަނަ އަހަރު އިމާރާތްކޮށް ނިންމައި ހުޅުވި މިމިސްކިތުގެ ސީލިންގް އާކުރި މިއީ ފުރަތަމަ ފަހަރެވެ. ފޮޓޯތައް: އޭދަފުށީ ވޮއިސް ޓީމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top