ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުތުރުގެ ހަތަރު އަތޮޅުގައި އުފެދޭ ކުނި ނައްތާލުމުގެ ގޮތުން ރ. ވަންދޫގައި ގާއިމްކޮށްފައިވާ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ބޭނުންކުރުމަށް އިންޑިއާގެ ގޯވާގައި ބަަނދެފައިވާ “ސާފު1 ” ލޭންޑިންގެ ކްރާފްޓް މިމަހު މާލެ ގެންނާނެކަމުގައި އެންވަޔަރަންމިނިސްޓަރ ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތާރިގް ވިދާޅުވީ ރ. ވަންދޫގައި ގާއިމްކުރާ ސަރަހައްދީ ފެންވަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ފެށުމުން ނ،ރ،ބ.އަދި ޅ.އތޮޅުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެކަމުގައެވެ.
“ސާފު1” ބޭނުންކުރާނީ މި ސަރަހައްދުގައި އުފެދޭ ކުނި ވަންދޫއަށް ޖަމާކުރުމަށެވެ.
އޭދަފުޢްޓަކީ މިވީހާ ތަނުގައިވެސް ކުނީގެ މައްސަލައަށް ހައްލެއް ނުލިބި ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން އަންނަރަށެކެވެ. އެހެންކަމުން “ސާފު1 ” މިސަރަހައްދުގައި ކޮޅު ކޮޅަށް ދުއްވަން ފެށުމާއެކު އޭދަފުށީގެ އިތުރުން މި ރީޖަންގައި ހިމެނޭ 44ރަށާއި ރިސޯޓްތަކުގައި އުފެދޭ ކުނި ނައްތާލުމުގެ ފަސޭހަ މަގެއް ފެނިގެން ދިޔައީއެވެ.
ރ. ވަންދޫގައި ގާއިމްކޮށްފައިވާ ވޭސްޓްމެނޭޖްމަންޓް ސެންޓަރުން ދުވާލަކު 40 ޓަނުގެ ކުނި މެނޭޖްކުރެވޭނެކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.