13ގައި ސްކޫލްތައް ފެށޭއިރު ބ. އަތޮޅު ތައުލީމީމަރުކަޒު ތައްޔާރުތަ؟

newspic511.jpg

އަންނަ 13ވަނަ ދުވަސް ނުވަތަ ބުދަ ދުވަހަކީ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭ ދުވަހެވެ. މި ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހުޅުވުމަށް ތައްޔާރުވެފައިވާއިރު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވަނީ މިނިސްޓްރީން އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ކޮށް ނިމިފައިވާކަމުގައެވެ. ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރުމާއި ބޭނުންވާ ހުރިހާ ޓެކްސްޓް ފޮތްތަކެއްވެސް މިހާރު ސްކޫލްތަކާއި ހަވާލު ކޮށްފައިވާ ކަމުގައެވެ.

މިކަމާބެހޭ ގޮތުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ތައްޔާރީތައް ހުރީ ކިހާހިސާބެއްގައިތޯ ބަލާލުމަށް އީވީއިން އެސްކޫލާއި ވާހަކަ ދައްކާލުމުން ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވީ %100ނިމިފައިވާ ކަމަށް އަދި ބުނެވެން ނެތްކަމުގައެވެ.

ތަފްސީލަށް ދަމުން ވިދާޅުވީ ޕްރީސްކޫލްކުދިންގެ ލިޔެކިއުމާބެހޭ ތަކެތި އަދިވެސް އެކުދިންނާ ހަވާލުކުރެވިފައިނުވާކަމުގައެވެ.

” އެ ވީގޮތަކީ މިތަކެތި ހޯދުމަށްް ދެފަހަރު އިއުލާނު ކުރުމުންވެސް ކުރިމަތިލާނެ ފަރާތެއް ނުވީ. އެހެންވީމާ އަނެއްކާވެސް ތިންވަނަ ފަހަރު މި އުޅެނީ އިއުލާނުކޮށްގެން. މިހާރު ބަޔަކުވެއްޖެ. ސްކޫލްހުޅުވޭއިރު އަޅުގަނޑުމެން އެކަން ހައްލުކޮށްދޭނަން. ” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގްރޭޑް 4،5،6ގެ ފޮތްތައްވެސް އަދި ނުލިބޭކަމަށާއި އެތަކެތި މިޙާރުހުރީ ބ. އަތޮޅުގެ އެހެން ސްކޫލެއްގައިކަމަށް ވިދާޅުވެ ލަސްވެގެން މާދަމާ އެތަކެތި ސްކޫލަށް ލިބޭނެކަމުގައި ވިދާާޅުވިއެވެ.

އިތުރަށް ދެން ތައްޔާރުނުވެ ހުރިކަންތަކާ ގުޅޭގޮތުން ވިދާޅުވީ މިއަހަރު އަލަށް އެސްކޫލްގައި ފަށާ ޕްރީސްކޫލްކުދިންގެ ޕްލޭ އޭރިޔާވެސް އަދި މުޅިން ނިންމާނުލެވޭ ކަމަށާއި ސްކޫލްހުޅުވެން މިހާ ކައިރިވީއިރުވެސް ނިންމާނުލެވުނީ ރަށު ކައުންސިލުން މިކަމަށް ދޭންވާ އެއްބާރުލުން ނުލިބުމުން ކަމުގައެވެ. އެހެންގޮތަކަސް ބުނާނަމަ އެބިން ސްކޫލާ ހަވާލު ކުރުން ލަސްވުމުން ކަމުގައެވެ.

“ޕްލޭ އޭރިޔާ ހެދުމަށް ކަނޑައަޅަފައިވާ ބިން ކައުންސިލުން ސްކޫލާ ހަވާލުކުރީ ވަރަށް ފަހުން ސްކޫލްހުޅުވެން ވަރަށް ކައިރިވެފައި ވަނިކޮށް. އެވަގުތުން ފެށިގެން މި މަސައްކަތް ފަށައިގެން ކުރިއަށް މި ގެންދަނީ ހަލުވި ސްޕީޑެއްގައި. ފާހަގަކޮށްލަން ބޭނުންވޭ އެ ޕްލޭ އޭރިޔާ ހަދަމުން ގެންދަނީ ހަމަ ހިލޭސާބަހަށް އެމް ސެވަން ކުންފުނީގެ ފަރާތުން ކަން. އެމް ސެވަން އަކީ އިމާރާތް ކުރުމުގެ މަސައްކަތުގައި އޭދަފުށީގެ އިތުބާރު ހޯދާފައިވާ ބަޔަކަށްވާތީވެ ފެންވަރާމެދު ސުވާލެއްނުއުފެދޭ. ” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރީސްކޫލްގެ ބައެއް ކުދިންނަށް އަދިވެސް އެކްޓިވިޓީ ޔުނީފޯމް ނުލިބޭކަން ފާހަގަކުރެއްވިއެވެ. އެކަމާބެހޭ ގޮތުން ވިދާޅުވީ އެކްޓިވިޓީ ޔުނީފޯމަކީ ސީދާ ސްކޫލުން ފޯރުކޮށްދޭ އެއްޗެއް ނޫންކަމަށާއި އެކަން އޮންނާނީ ބިޑްކޮށްގެން ބަޔަކާ ހަވާލުކޮށްފައި ކަމުގައެވެ. އެކަމަކު ސްކޫލުން އެކަން ބަލަމުން ދާކަމާއި މައުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހު އާ ސްޓޮކެއް ލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top