ކުޑަކުޑަ ސުޒީއަށް އެންމެފަހުން ސަލްމާނާ ބައްދަލުވެއްޖެ

IndiaTv61f1e7_Salman-Suz.jpg

ސަލްމާންޚާންއާއެކު ސުޒީ

ސަލްމާންޚާން 2015ވަނައަހަރު ކުޅެފައިވާ ބްލޮކްބަސްޓަރ ފިލްމު ބަޖްރަންގީބައިޖާން އަކީ ވަރަށް އަސަރުގަދަ ފިލްމެކެވެ. ފިލްމުބެލި ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ފާއްދާލާނެ ފިލްމެކެވެ. އެހެންނޫންނަމަ ފިލްމު ބަލާފައި އެކްޓަރ އާމިރުޚާންގެ ލޮލުން ކަރުނައެއް ނައީހެވެ.

އުމުރުން އެންމެ ފަސްއަހަރުގެ ސުޒީ މި ފިލްމުބަލާފައި ސަލްމާންޚާންދެކެ ލޯބިވާ ވާހަކައާއި އޭނާއާއި ބައްދަލުކުރަން ބޭނުންވާކަމަށް ބުނެ ބާރަށް ރޮމުންދިޔަ ވީޑިއޯ ކޮޅު ވައިރަލްވެގެން ދިއުމަކީވެސް މި ފިލްމު ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބިގެނ ދިޔަ ސަބަބަކަށް ވެއެވެ. ހަމައެއާއެކު ސަލްމާންޚާނަށްވެސް ތަފާތު އަސަރުތަކެއްކުރުވި ކަމަކަށް ވެއެވެ.

މި ވީޑިއޯކްލިޕް ބަލާފައި ޑައިރެކްޓަރ ކަބީރުޚާން އޭނާގެ ޓުވިޓަރ އެކައުންޓްގައި އޭރު ބުނެފައިވަނީ އެކުޑަކުއްޖާ ސަލްމާން ދެކެ ވަރަށް ލޯބިވާކަމަށާއި އޭނާ ބޭނުންވަނީ ސަލްމާނާއި ބައްދަލުކުރުމަށް ކަމުގައެވެ. ސަލްމާން ޖަވާބުދީފައިވަނީ އޭނާވެސް އެކުޑަކުއްޖާދެކެ ލޯބިވާކަމުގައެވެ.

އެކަމަކު މިހާ ހިސާބުން ސަލްމާން ނިންމާލީއެއްނޫނެވެ. ސަލްމާން މިހާރު ކުޅެމުންގެންދާ ފިލްމް ސުލްތާންގެ ޝޫޓިންގައި އުޅެމުން އޭނާވަނީ ސުޒީއާއި ބައްދަލުކުރުމަށް ދިއްލީގެ ވަރަށް ދުރު ހިސާބެއްގައި ހުންނަ ސުޒީގެ ގެއަށްގޮސް ސުޒީއާ ބައްދަލުކޮށް ސުޒީއާއެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ސަލްމާންޚާން އަކީ ކުޑަކުދިންދެކެ ވަރަށް ލޯބިވާ މީހެކެވެ. އަދި އޭނާގެ “ބީންހިއުމަން ފައުންޑޭޝަން “އަކީ ބޭނުންޖެހިފައިވާ މީހުންނަށް ގިނައެހީތަކެއްވެސް ވެދެމުން އަންނަތަނަކަށް ވާތީ ގިނަ ބަޔަކު އޭނާދެކެ ވަރަށް ލޯބިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top