ބ. އަތޮޅު ޤުރްއާން މުބާރާތް 1444 ފަށައިފި

pppp.jpg

29ސެޕްމެބަރު 2022؛ ބ.އަތޮޅު ކައުންސިލުގެ ޤުރުއާން މުބާރާތް

132 ދަރިވަރުންނާ އެކު ބ.އަތޮޅު ކައުންސިލުން މުޅި ބ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިރޭ އޭދަފުށީގައި ފަށައިފިއެވެ.

މި މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ޤުރްއާން ކިލާސް ތަކަށް ހުޅުވާލައިގެން ބޭއްވި ޤުރްއާން މުބާރާތް ތަކުން ހޮވާލެވުނު ދަރިވަރުންނެވެ. އެގޮތުން މި މުބާރާތުގައި ބ. އަތޮޅުގެ ނުވަ ރަށަކުން ވާދަކުރެ އެވެ. އެއީ ހިތާދޫ، ތުޅާދޫ، ކެންދޫ، މާޅޮސް، ކަމަދޫ، ދޮންފަނު، ކަމަދޫ، ދަރަވަންދޫ އަދި އޭދަފުއްޓެވެ.

މުބާރާތް ކުރިއަށް ދަނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި މިރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އަތޮޅު ޤުރްއާން މުބާރާތް ބާއްވަނީ ގައުމީ ޤުރްއާން މުބާރާތުގައި އަތޮޅުން ބައިވެރި ކުރާނެ މޮޅު ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top