މަސްތުވާތަކެތީގެ މައްސަލައެއްގައި ގޮއިދޫން މީހަކު ހައްޔަރުކޮށްފި

07_e6419a2952.jpg

ފޮޓޯ: ޕޮލިސް މީޑީއާ

މަސްތުވާތަކެތީގެ މައްސަލއެއްގައޮ ބ.ގޮއިދޫން މީހަކު އިއްޔެ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ގޮއިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން  ބ. ގޮއިދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި ގޮއިދޫންް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. މި މަހު 27 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ކުޅި ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 29 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top