ދަރަވަންދޫގައި ހެދި އަވަސް ފަރުވާދޭ ސެންޓަރު ހުޅުވައިފި

346466_3_930a66311c9a2b8517ed4ef0a3ce3cf81bee3e68_large.jpg

. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ބ.ދަރަވަންދޫ ސިއްހީ މަރުކަޒުގެ ގޯތިތެރޭގައި އިންޑިޔާގެ އެހީގެދަށުން ހެދި އަވަސް ފަރުވާދޭ ޔުނިޓް މިއަދު ހުޅުވައިފިއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.

އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު އެސްއެމްޓީ ސުޝްމާ ސްވަރާޖް ރާއްޖެ އަށް 2019 ވަނަ އަހަރުގެ މާޗް މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް ހާއްސަކޮށް ތައުލީމީ، ސިއްހީ އަދި މުޖުތަމައުގެ ތަރައްގީގެ ދާއިރާ އަށް 106 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދޭނެ ކަން އިއުލާން ކުރައްވައިފައެވެ.

މިއީ މިއެހީގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.

މި މަސައްކަތަށް އިންޑިއާ ސަރުކާރުން ދިން އެހީގެ 7.4 މިލިޔަން ރުފިޔާ އާއި އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާހޭދަކޮށްފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ގެއްލުމެއް ނުވަތަ ބައްޔެއް ކުރިމަތިވެފައިވާ ބަލި މީހުންނަށް ކުއްލި ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އަދި ސިއްހީ ހިދުމަތް އަޕްގްރޭޑްކޮށް، ރާއްޖޭގެ ކަންކޮޅުތަކުން ހޮވާލެވޭ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގައި ކުއްލި ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ޔުނިޓަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ވަނީ ގާއިމުކޮށްފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ 106 މިލިޔަން ރުފިޔާގެ އެހީގެ ދަށުން، މާލެ އަށް ވެހިކަލާއި މެޝިނަރީޒް ހަވާލުކޮށްފައިވާއިރު، ބ. ފެހެންދޫގެ ދަރިވަރުން، އެ އަތޮޅު ގޮއިދު އަށް ކިޔަވަން ދިޔުމަށް ފެރީއެއް ވެސް ހަވާލުކޮށްފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ގެއްލުމެއް ނުވަތަ ބައްޔެއް ކުރިމަތިވެފައިވާ ބަލި މީހުންނަށް ކުއްލި ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އަދި ސިއްހީ ހިދުމަތް އަޕްގްރޭޑްކޮށް، ރާއްޖޭގެ ކަންކޮޅުތަކުން ހޮވާލެވޭ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top