އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވެންސް ނުދޭ މައްސަލަ އެލްޖީއޭ އަށް

234606_3_a6730dc71ad71ad08d987545f1c6320b4feaba8e_large.jpg

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ރަމަޟާން އިނާޔަތް ނުލިބޭ މައްސަލަ އެލްޖީއޭގެ ބޯޑަށް އެޖެންޑާ ކޮށްދިނުމަށް މިހާރުވާނީ އެދިފައި ކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ނުލިބޭ މައްސަލައިގާ ކަންބޮޑުވުން ފާޅުކުރައްވައި ނިމާލު ވިދާޅުވީ ހުރިހާ ކައުންސިލްތަކުގެ މެންބަރުންނަށް އިނާޔަތް ލިބޭކަމަށާއި، އަދި ވަޒީފާ އަދާކުރާ ބޭރު މީހުންނަށްވެސް ފައިސާ ލިބޭކަމަށެވެ. އެހެންކަމުން އަންހެނުންގެ ކޮމިޓިތަކުގެ މެންބަރުންނަށްވެސް ރަމަޟާން މަހުގެ އިނާޔަތް ލިބެންޖެހޭނެ ކަމަށާއި އެލްޖީއޭގެ ބޯޑަށް މި މައްސަލަ އެޖެންޑާ ކޮށްދިނުމަށް މިހާރު ވާނީ އެދިފައިކަމަށް ނިމާލް ވިދާޅުވިއެވެ.

މދިިޔަ ހޯމަ ދުވަހުގެ ކުރިން ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ. ނަމަވެސް އަދިވެސް ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް މި އިނާޔާތް ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ.

ގާނޫނުގައި ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top