ސްކޫލްތަކުގައި ”ދުޅަހެޔޮ ހަށިހެޔޮ ދުވަސް“ ފާހަގަކުރަނީ

DSCN0286.jpg

ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2021ގެ ދިރާސީ އާއަހަރު ފެށުން --އީވީ ފޮޓޯ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި “ދުޅަހެޔޮ ހަށިހެޔޮ ދުވަސް” ގެ ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަކުރާނީ ކުޅިވަރުގައި ފާހަގަކުރެވޭ ދަރިވަރުންނަށް އެވޯޑް ދޭން ބާއްވާ ކަލާސް އެވޯޑް ހަފުލާގައި ކަމަށެވެ.

“ހޭލުންތެރިކަން އިތުރުކުރުމާއި ކުޅިވަރު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް މި ދުވަސް ފާހަގަކުރަނީ.” އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މައުލޫމާތު ހާމަކުރަމުން އިތުރަށް ބުނި ގޮތުގައި “ދުޅަހެޔޮ ހަށިހެޔޮ ދުވަސް” ފާހަގަކުރާ އިރު، ސަމާލުކަން ދޭނީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރު ކުރުމަށެވެ. އަދި ފަތިސް ނަމާދުން ދުވަސް ފާހަގަކުރަން ފަށާއިރު ނަމާދުން ނިމިގެން ދަރިވަރުންނާއި މުވައްޒަފުން އެއް ކިލޯ މީޓަރުގެ ދުވުމެއްގައި ބައިވެރިވާނެ އެވެ.

އެގޮތުން މާދަމާ ސްކޫލްތަކުގެ އެސެމްބަލީ ވެސް ހާއްސަކޮށްފައި ވަނީ ވެސް ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާގެ ތީމަށެވެ. އަދި ސްކޫލްތަކުގައި ކުރިއަށް ގެންދާނީ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތާ ގުޅުން ހުރި ހަރަކާތްތައް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top