ކެންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ބުނެފި

large_161798409718RZ9B.jpg

ކެންދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ސާވޭ ހެދުމުގެ މަސައްކަތުގެ ތެރެއިން

ބ.ކެންދޫ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެެވެ.

އާރްޑީސީިން މިއަދު ބުނީ ކެންދޫ ފުޓްބޯޅަ ދަނޑު ހެދުމުގެ ގޮތުން ހަދަންޖެހޭ ސާވޭ މިހާރު ނިމިފައި ވުމާއެކު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭ ފެށޭނެ ކަމަށެވެ.

ޖުމްލަ 1.6 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކޮށް، ޔޫތް މިނިސްޓްރީން އާރުޑީސީއާއެކު ސޮއި ކުރީ މިދިޔަ މަަހުގެ 28 ވަނަ ދުވަހު އެވެ.

ބ.ކެންދޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލު ކުރީ 35 ދުވަހުގެ ތެރޭ ނިންމުމަށެވެ. އެ މަޝްރޫއޫގެ ދަށުން ކެންދޫ ފުޓުބޯޅަ ދަނޑުގެ ފަސްގަނޑު އެއްވަރުކޮށް ހަރުކުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއެކު އަރިމަތީ ގާ އެތުރުމަށް ހަމަޖެހިފައިވާ ކަމަށް އާރުޑީސީން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top