އިންތިޚާބު އިންސާފުވެރިނަމަ ސަރުކާރު ބޭޒާރުވާނެ! އިދިކޮޅު

img_md_202104100727451618064865.0687.jpeg

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އިންސާފުވެރިކޮށް ބާއްވައިފި ނަަމަ، އެމްޑީޕީ ސަރުކާރު ބޭޒާރުވާނެ ފަދަ ނަތީޖާއެއް ނުކުންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ޕީޕީއެމް އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސަރުކާރުން ވޯޓު އޮޅުވައިލުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ތަކުރާރުކޮށް އެކި ތަންތަނުގައި އެކި މީހުން ވޯޓުލަމުންދާ ކަމަށާއި އަދި އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވޯޓުލާން ފެށި ފަހުންް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވޯޓުލާ އެކި މަރުކަޒުތަކަށް ވަޑައިގެން ފާޅުގައި ކެމްޕެއިން ކުރެއްވި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ކަމަށް ވިދާޅުވެ، މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ސައިކަލެއްގެ ފަހަތުގައި، ވޯޓުލާ އެކި މަރުކަޒުތައް ކައިރިއަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވަމުން ގެންދެވި ކަމަށެވެ.

ރައީސް ނަޝީދުގެ އަމަލުތަކުގެ ވާހަކަތައް މިހާރު ވާނީ އިލެކްޝަން ކޮމިޝަން (އީސީ) ހުށަހަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެދެނީ އީސީއިން އެކަން ވީހާވެސް އަވަހަކަށް ބަލައިދެއްވުން ކަމަށް ވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top