ހެނދުނު ހަޔަކާއި ހަމައަށް މޫސުން ގޯސް

IMG_20220514_120640345-1.jpg

މޫސުން ގޯސް ދުވަހެއް

މިރޭ އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓުން ބުނީ މިރޭ 06:00 އިން ފެށިގެން މާދަމާ ހެނދުނު 06:00 އާއި ދެމެދުގެ ވަގުތުގައި އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

“ދެކުނުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރުން އެކަށީގެންވޭ” މެޓުން ބުނެފައިވެއެވެ.

އަދި ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top