ފާމަސީ ތަކުން ދޫކުރަން ޖެހޭނީ ޑޮކްޓަރު ލިޔެދޭ ބްރޭންޑްގެ ބޭހަށް

aasandha.jpg

ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ވަކި ބްރޭންޑެއްގެ ބޭސް ދޫކުރުމަށް އަންގައިފައިވާނަމަ ފާމަސީތަކުން ބަލިމީހާއަށް ވިއްކަން ވާނީ ސީދާ އެ ބްރޭންޑުގެ ބޭސްކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދައިން ބުނަނީ އެ ފަދައިން ޑޮކްޓަރު އެދިފައިވަނިކޮށް، އެދިފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްގެން ހިނގާ ޓްރާންސެކްޝަން ތަކަށް ފައިސާ ދޫނުކުރާނެ ކަމަށެވެ.

އިއްޔެ އާސަންދައިން ނެރުނު ބަޔާނެއްގައިވަނީ ވަކި ބްރޭންޑެއްގެ ބޭސް ބަލި މީހާއަށް ދޫކުރަން ޑޮކްޓަރު ބޭނުންވާނަމަ އެ ފަަދައިން ބޭސް ސިޓީގައި ސާފުކޮށް ލިޔަންވާނެ ކަމަށާއި އެ ފަދައިން ޑޮކްޓަރު އެދިފައިވަނިކޮށް ބޭސް ފިހާރައިން އެ ނޫން ބްރޭންޑެއްގެ އެ ބޭސް ދޫކޮށްގެން ނުވާނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި އެ ބްރޭންޑުގެ ބޭސް، އެ ބޭސް ފިހާރައެއްގައި އާސަންދަ ސްކީމުގެ ތެރެއިން ދޫކުރެެވެން ނެތްނަމަ ބޭސް ނަގަންދާ މީހާއަށް އެކަން އޮޅުން ފިލުވައި ދޭންވާނެކަމަށް ވެސް ކުންފުނިން ބުންޏެވެ.

އެއާއެކު ޑޮކްޓަރު ލިޔުނު ބްރޭންޑުގެ ބޭސް އެއްވެސް ބޭސް ފިހާރައަކުން ނުލިބިއްޖެނަމަ ބޭސް ބަދަލުކުރުމަށް ބަލި މީހާ ޑޮކްޓަރު ކައިރިއަށް ދާންވާނެކަމަށް ވެސް އާސަންދައިން ބުންޏެވެ.

ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި އާސަންދައިން ހަރުކަށި ފިޔަވަޅެއް އަޅަން ނިންމިއިރު މީގެ ކުރިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވަނީ އާސަންދައިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ރާއްޖޭގެ ފާމަސީތަކަށް ބޭސް ވިއްކުމުން ފައިސާ ދިނުމަށް ކަމަށް ވިދާޅުވެފައެވެ.

އަދި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ޒީނިޔާވަނީ ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top