ދަރަވަންދޫގެ ވެލިމަލަ ހިމާޔަތް ކޮށްދިނުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް .

DSCN7780.jpg

ބ.ދަރަވަންދޫ --ފޮޓޯ :އީވީ

ބ. ދަރަވަންދޫ އުތުރު ފަރާތު އަތިރިމަތި (ވެލިމަލަ) ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެދި، 250 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މި ޕެޓިޝަނާއެކު ރައްޔިތުންގެ މަޖިލީހަށް ވަނީ ސިޓީއެއްވެސް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ދަރަވަންދޫ އަތިރިމައްޗަކީ ދަތުރުވެރިންނާއި ފަތުރުވެރިންގެ އިތުރުން ރަށުގެ ރައްޔިތުން ވެސް މޫދަށް އެރުމާއި މޫދުގެ ކުޅިވަރުތަކަށް ނުހަނު ގިނައިން ބޭނުންކުރާ ތަނެއް ކަމަށާ ގޮނޑުދޮށުގެ ބޭނުންހިފާ މިންވަރު ބޮޑުވަމުން ދިއުމާއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށުގެ މީހުން، މޫދަށް އެރޭ ސަރަހައްދު ކަމުގައިވާ ހުޅަނގުކޮޅު އުތުރު ފަރާތް (ރަސްގެއޮޑި އަތިރިމަތި) އާދަޔާ ހިލާފަށް ގިރަމުންދާތީ، މި ގޮނޑުދޮށުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ދަތިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، އެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިގޮތުގައި ބޭނުންހިފޭނެ ގޮތް ހަދައިދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.

ޕެޓިޝަން މަޖިލީހަށް ހުށައެޅުއްވީ ދަރަވަންދޫވެސް ހިމެނޭ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.

ޕެޓިޝަނާއެކު ދެ މޫސުމުގައި ގޮނޑުދޮށަށް އަންނަމުންދާ ބަދަލުތަކުގެ ފޮޓޯތަކެއްވެސް ވަނީ ހުށައަޅައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top