ދިވެހި ބަހުގެ އަދަބިއްޔާތު ކުރިއެރުވުމުގެ ގޮތުން އެމް7 އާއި ދިވެހި ބަހުގެ އެކަޑެމީއާ ދެމެދު އެއްބަސްވުމެއް .

DHIVEHI-BAHUGE-ACADAMY-SIGNING-3-of-6-1536x1024.jpg

ދިވެހި ބަހުގެ އެކެޑެމީ އާއި އެމް ސެވަންއާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު --ފޮޓޯ :ވަގުތު އިމޭޖަސް--

ބ.ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު އިބްރާހީމްގެ އާއިލާގެ ފަރާތުން މާލޭގައި ހިންގަމުން އަންނަ  އެމް7 ކުންފުނީގެ ފަރާތުން ފޮތްތެރިކަން އާލާކުރުމާއި ކުޑަކުދިންނަށް އަދަބިއްޔާތު ކުރިއެރުވުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީ އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް7 ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއް ސައްތާރެވެ.  ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ.

މި ރަސްމިއްޔާތުގައި ސައްތާރު ވިދާޅުވީ މިފަދަ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ބަހުގައި ހުރި ކަންކަމާއި އެޑިއުކޭޝަނުން ދޭ އިރުޝާދުތަކާއި މަގްސަދުތައް ހާސިލް ކުރުން ކަމަށެވެ.

އަޝްރަފް ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންގެ އަދަބިއްޔާތު މަދުވެފައި ވަނީ ޝައުގުވެރިކޮށް ކިޔާ އަދި ބަލާނެ ފޮތްތައް ނުލިބޭތީ ކަމަށެވެ. ވިސްނުމާއި ފިކުރުތައް ތަރައްގީކޮށް ފިކުރު ކުރުމަށްޓަކައި ގިނަ ފޮތްތަކެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.

އަދި ކުޑަކުދިން ކިޔާ ހިތްވާ ފަދަ އެކި ފޮތްތައް އެކުލަވާލަން މި އެއްބަސްވުމުގެ ދަށުން ލުޔެއް ލިބޭނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެމް7އިން މިދިޔަ ޖެނުއަރީ މަހުވެސް ވަނީ ތުއްތު ކުދިން ފޮތްކިއުމަށް އަހުލުވެރިކުރުވުމަށް ގެންގުޅޭ ސިލްސިލާގެ ދަށުން ދެ ވާހަކަފޮތެއް ނެރެފައެވެ. އެއީ ”މާމަޔާ ޖެޓްސްކީ” އަދި ”ތުއްތު ކަމަނާއާއި ޑިންޑިން” އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top