އިގްތިސާދީ މަސައްކަތަށް ބިންދޫކުރާ ރަށްރަށުގެ ތެރޭގައި އޭދަފުށްޓާއި ތުޅާދޫ

eydhafushi-land-recalaimed.jpg

އޭދަފުށީގެ ބިން ހިއްކި ސަރަހައްދުން ބައެއް.

އިގްތިސާދީ ބޭނުންތަކަށް ސަރުކާރުން ބިންދޫކުރުމުގެ ސިޔާސަތުގެ ދަށުން އޭދަފުށްޓާއި ތުޅާދޫގެ ބިންވެސް އެއުސޫލުން ދޫކުރާ ގޮތަށްހަމަޖެހިފައިވާ ކަމަށް ހައުސިންގމިނިސްޓްރީން ބުނެފިއެވެ.

އިއްޔެ ހައުސިންމިނިސްޓްރން އިނަތިޒާމުކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒު ވިދާޅުވީ އިގްތިސާދީ ބޭނުންތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ 10 ރަށުގެ ތެރެއިން ހަތަރު ރަށުގެ ބިން ދޫކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދާކަމުގައެވެ. އޭދަފުށްޓައި ތުޅާދޫގެ އިތުރުން ދެން މި ހަތަރު ރަށުގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫ އާއި ނ. ވެލިދޫއެވެ.

މި ގޮތަށް އިގްތިސާދީ ބޭނުންތަކަށް ބިން ބޮޑު ރަށްރަށުން ބިން ދޫކުރުމުން އެރަށްރަށުގެ އިގްތިސާދަށާއި ފުދުންތެރިކަމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެން ދާނެކަމުގައި ފާއިޒުވިދާޅުވިއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ނިންމާފައިވާ މައިގަނޑު10 ކަންތަކުގެ ތެރޭގައި ފަޅުބޮޑު ރަށްރަށުގެ ފަޅުހިއްކައިގެން އިގްތިސާދީ މަސައްކަތްތައް ކުރުމަށް ބިން ދޫކޮށްގެން އެއްބިލިއަންރުފިޔާ ހޯދުމަށް ނިންމާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top