މަންތާއެއާގެ ސީޕްލޭނެއް ވެއްޓިއްޖެ!

large_161327511123UAX0.jpeg

މަންތާ އެއާގެ ސީޕްލޭނެއް ވެއްޓިފައި: - ފޮޓޯ/ އެމްއެންޑީއެފް

ހަ ފަތުރުވެރިންނާއެކު ދަތުރުކުރި މަންތާ އެއާގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު ހެނދުނު ވެއްޓިއްޖެ އެވެ.

މަންތާ އެއާއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮމޯ މާލިފުށި ރިސޯޓުން ފުރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ފްލައިޓު ވެއްޓުނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ.

އަދި ފްލައިޓު ވެއްޓުނުއިރު ހަ ފަސެންޖަރުންނާއި ތިން ކުރޫ އިން ތިބި ކަމަށާއި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ފްލައިޓުގައި ތިބި އެންމެން ވެސް ސަލާމަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަކުގެ ކޮޑުހުޅު ނައްޓައިގެން ގޮސް، އިތުރު މީހެއްގެ ކޮނޑަށް ތަދުވާތީ އުޅޭ ކަމަށެވެ. އަދި އެ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ބޯޓުގައި ތިބި މީހުންގެ ލަގެޖުތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ކުރަމުން އަންނައިރު، ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް ޓީމެއް ވެސް މި ހާދިސާއާ ގުޅިގެން އެއާޕޯޓުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top