އޭދަފުށިން ފިތުރު ޒަކާތަށް ލިބުނީ 50953 ރުފިޔާ

DSCN2788.jpg

އޭދަފުށި---އިވީ ފޮޓޯ

ބ.އޭދަފުށިން މިއަހަރު ފިތުރު ޒަކާތަށް ލިބިފައިވަނީ 50953 ރުފިޔާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

މިއީ 2120 މީހުން ދައްކާފައިވާ ފައިސާގެ ޖުމްލަ އަދަދު ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭދަފުށިން މިއަހަރު ފިތުރު ޒަކާތް ދައްކާފައިވާ މީހުންގެ އަދަދާއި ޒަކާތަށް ލިބުނު ފައިސާގެ އަދަދުވެސް މަދުކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު 2392 މީހުން ފިތުރު ޒަކާތް ދައްކާފައިވާ އިރު މިއަހަރު ޒަކާތް ދައްކާފައިވަނި 2120 މީހުންނެވެ. އެހެންކަމުން އެއީ 272 މީހުންގެ މަދުވުމެކެވެ. އަދި މިދިޔަ އަހަރު ފިތުރު ޒަކާތަށް 53842 ރުފިޔާ ލިބިފައިވާއިރު މިއަހަރު އެއަށްވުރެ 2889 ރުފިޔާ މަދުކަން ފާހަގަ ކުރެވެއެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރު ޒަކާތް ދެއްކި މީހުން މަދުވެފައިި، ލިބުނު ފައިސާ މަދުވެފައިވަނީ މިއަހަރު ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކި މީހުން އިތުރު ވުމުން ކަމަށް ނައިބު ރައީސް އަލީ ޝަފީގު ވިދާޅުވި އެވެ. ހަގީގަތުގައި ރަށުން ޒަކާތް ދެއްކި މީހުން މަދުވުން ނޫން ކަމަށް އަލީ ވިދާޅުވި އެވެ.

އޭދަފުށީގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި މިއަހަރު ރަޖިސްޓަރީ ކޮށްފައިވަނީ 30 މީހުންނެވެ. އެހެންކަމުން އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި1698.43 މިހާރު ވަނީ ދޫކޮށްފައެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިތުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ. ފިތުރު ޒަކާތް ވާޖިބުވަނީ އީދު ދުވަހާއި އީދުވިލޭރޭ، ކެއުމަށްފަހު ބާކީވާ ވަރަށް ހުރުމާއެކުއެވެ. ފިތުރު ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާން ކަމެކެވެ.

ފިތުރު ޒަކާތް އޭގެ ހައްގުވެރިންނަށް އިއްޔެ ވަނީ ބަހާ ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top