ކުޑައީދަށް ރާއްޖެ އެކުގައި ދިއްލާލައިފި

436150110_956953733098578_6677636104481430984_n.jpg

އޭދަފުށި،އީދަށް ދިއްލާލާފައި ... ފޮޓޯ: ޔާނިއު /އީޓީ

އީދު ފާހަގަ ކުރުމުގެ ގޮތުން މާލެ ސަރަހައްދާއި ރާއްޖެތެރޭގެ ވެރިކަން ކުރާ ރަށްތައް ކުލަ ބޮކިތަކުން އަލަށް ދިއްލާލައިފި އެވެ.

މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި “އީދު އަލި” ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އަޟްހާ އީދާއި ފިތުރު އީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދި ބޮޑު ހުރިހާ އެންމެންނަށްވެސް އިހްސާސް ކޮށްދިނުމަށް ކަމަށެވެ. އީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ އަޒުމު އާކޮށް، އެންމެންވެސް އީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިއަހަރުގެ ފިތުރު އީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި އީދުގެ ތަކްބީރުތައްވެސް އިއްވަމުންދާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top