އެންމެ ބޮޑު އަދަދަކުން ސާވިސްޗާޖް ލިބުނު ބ.އަތޮޅުގެ ރިސޯޓަކަށް ފޯސީޒަން

217063034.jpg

ފޮޓޯ :ބުކިންގ.ކޮމް

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑުއަދަދަކުން ސާވިސް ޗާޖު ލިބުނު ރިސޯޓުގެ ގޮތުގައި ފޯސީޒަން ރިސޯޓު ހިމެނިއްޖެ އެވެ.

އެރިސޯޓުން މިދިޔަމަހު ކޮންމެ މުވައްޒަފަކަށް 1946.18 ޑޮލަރު (30010 ރ) ބަހާފައިވާކަމަށް ރިސޯޓް ވޯކާސް ފޭސްބުކް ޕޭޖުގައި ހާމަކޮށްފައި ވެއެވެ.

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު ދެވަނައަށް އެންމެ ބޮޑު އަދަދެއްގެ ސާވިސްޗާޖް ލިބުނީ ނައުޓިލަސް މޯލްޑިވްސް ރިސޯޓުންނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 1550 ޑޮލަރު (23901ރު.) ލިބިފައިވެއެވެ. މިދިޔަ މަހު ވައްކަރު ރިސޯޓުން ސާވިސްޗާޖްގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 1441.18 ޑޮލަރު (22223ރ.) އެވެ. ސޮނެވާފުށި ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1438.3 ޑޮލަރު 22178ރު. ޖެހިފައިވެ އެވެ.

އަނަންތަރާ ކިހަވައްް ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖްގެ ގޮތުގައި ބޮލަކަށް 1184.56ޑޮލަރު (18265) ރުފިޔާ ޖެހިފައިވާ އިރު މިލައިދޫން ސާވިސް ޗާޖަށް ލިބިފައިވަނީ 1105 ޑޮލަރު (17046) ރުފިޔާއެވެ.  ރިތި ބީޗުން ކޮންމެ މުވައްޒަފަކަށް 629 ޑޮލަރު ނުވަތަ 9699 ރު. ލިބިފައިވެ އެވެ.

ބ.އަތޮޅުގައި 16 އަށްވުރެ ގިނަ ރިސޯޓު އޮންނަ އިރު ސާވިސްޗާޖްގެ މައުލޫމާތު ހާމަކޮށްފައިވަނީ ހަމައެކަނި މިދެންނެވި ރިސޯޓު ތަކުންނެވެ. ”ރިސޯޓް ވޯކާސް މޯލްޑިވްސް” އިން ތައްޔާރު ކުރާ މިލިސްޓަކީ ރާއްޖޭގައި އޮޕްރޭޓް ކުރާ ރިސޯޓުތަކުގެ މުވައްޒަފުން ފޮނުވާ މައުލޫމާތަށް ބަލައިގެން ތައްޔާރު ކުރާ ލިސްޓެކެވެ.

ޓޫރިޒަމްގެ ހައި ސީޒަން ނިމުނު ނަމަވެސް، ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީގެ ބޮޑު ބައެއް ފުލްވެފައިވާ ކަމަށްވެ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިހަ ޕަސެންޓެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top