ކުރިއަށް އޮތް ދެމަސް ތެރޭގައި ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތް ފެށިގެންދާނެ: މިނިސްޓަރު

302551_3_02c1c05129a11646002a61663b94cca26f0fc609_large.jpg

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް

ކުރިއަށް އޮތް އެޕްރީލް ނުވަތަ މޭމަސް ނިމުމުގެ ކުރިިން ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް،ޓީވީ ޕރޮގްރާމެއްގައި ރޭ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހިންގެ މެޑިކަލް ރެކޯޑްސް ނެތުން ކަމަށާއި އެކަމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އެހެންކަމުން ގައުމެއްގައި ދުޅަހެޔޮ ސިއްހަތެއް ގާއިމުކުރަން އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ތައާރަފުކުރުން ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ތައާރަފު ކުރެވި ރަނގަޅަށް ހިނގައިގަންނަން ފެށުމުން ދިވެހިންގެ މެޑިކަލް ރެކޯޑްތައް ޑޮކްޓަރުންނަށް ނުވަތަ ސިއްހީ ހިދުމަތްތެރީންނަށް އެނގިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ފަރުވާ ދިނުން އަވަސްވެގެން ދާނެ ކަމަށެވެ.

މިނިސްޓަރުގެ އަމާޒަކީ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖޭގައި ދިިރިއުޅޭ ހުރިހާ އެންމެންގެ މެޑިކަލް ރެކޯޑްގެ ކޮންމެވެސް މިންވަރެއް ފެންނަން އޮންނާނެ ގޮތް ހެދުން ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top