އޭސީސީއަށް މިދިޔަ އަހަރު ގިނައިން ހުށަހަޅާފައި ވަނީ ކައުންސިލުތަކުގެ މައްސަލަ

i_107541.jpg

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ އަތޮޅު ކައުންސިލު ތަކާއި ރަށު ކައުންސިލު ތަކުގެ މައްސަލަތައް ކަމަށް އެކޮމިޝަނުން ހާމަ ކޮށްފިއެެވެ.

އެގޮތުން ރަށު ކައުންސިލްތަކަށް ނިސްބަތްވާ 197 މައްސަލައަކާއި އަތޮޅު ކައުންސިލްތަކަށް ނިސްބަތްވާ 117 މައްސަލަ އޭސީސީއަށް ހުށަހެޅި އެވެ.

އޭސީސީއިން މިއަދު ނެރުނު އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 782 މައްސަލައެއް އެތަނުގައި ރަޖިސްޓަރީކޮށްފައިވެއެވެ. އޭގެ ތެރެއިން 758 މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވާއިރު އަމިއްލައަށް އިސްނަގައިގެން 24 މައްސަލައެއް ބަލަން ފަށާފައި ވެއެވެ.

އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ސްކޫލްތައް ހިމެނޭހެން އެޑިއުކޭޝަން މިނިސްޓްރީ އަށް ރައްދުވާ މައްސަލަތަކެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީ އަށް ރައްދުވާ 68 މައްސަލައެއް  އެކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައްދުވާ 64 މައްސަލައެއް ހުށަހަޅާފައިވާއިރު ކުންފުނިތަކުން ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމެންޓާ ގުޅުންހުރި މައްސަލަތަކާއި ވަޒީފާއާ ގުޅުން ހުރި މައްސަލަތަކެވެ.

އޭސީސީ އިން ހާމަކުރި ގޮތުގައި މިދިޔަ އަހަރަކީ ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދައުވާ ކުރަން އެންމެ ގިނަމައްސަލަ ފޮނުވި އަހަރެވެ. އެގޮތުން 22 މައްސަލައެއް ފޮނުވައި އެ އޮފީހުން ހަތަރު މައްސަލައެއް ކޯޓަށް ވަނީ ވައްދައިފަ އެވެ. އެ ކޮމިޝަނުން ކުރި މަސައްކަތުން މި މައްސަލަތަކުން 60 މީހެއްގެ މައްޗަށް 62 ދައުވާ ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top