ސްކޫލް ކުދިންނަށް ކިޔަވައިދޭ ފޮތެއްގައި އަނެއްކާވެސް ލާދީނީ ވާހަކަ ހުރި މައްސަލައެއް!

161e90034d839176640a8994ce4a37da_XL.jpg

ގްރޭޑް ފަހެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރާ އިނގިރޭސި ފޮތުގައި، ލާދީނީ ވާހަކަތަކެއް ހިމަނައިފައިވާ ކަަމަށް ބުނެ، ރައްޔިތުންގެ އިއްތިހާދުން މި ކަން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ދީނީ އިލްމުވެރިންތަކެއް އެކުވެގެން އުފައްދަވައިފައިވާ ރައްޔިތުންގެ އިއްތިހާދުން ބުނީ “އެކްސްޕްލޯރިން އިންގްލިޝް ގްރޭޑް 5″ގައި ލާދީނީ ފިލާވަޅުތަކެއް ހުރިކަމުގެ ޚަބަރު އެ އިއްތިހާދަށް ލިބިފައިވާ ކަމަށެވެ.

މިކަން ފެންމަތިވުމުން، އެ އިއްތިހާދުން ބެލި ބެލުމުން، ޣައިރު ދީނެއްގެ ކަލާނގެއެއް އެ ފޮތުގައި ޕްރޮމޯޓްކޮށްފައި ވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން އެއިއްތިހާދުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް، ފޮނުވި ސިޓީގައި ބުނެފައިވަނީ އެހެން ދީނެއްގެ ބަޔަކު ކަލާނގެއެއް ކަމުގައި ދެކޭ އެއްޗެއްގެ މޮޅުކަން ގްރޭޑް ފަހެއްގެ އިނގިރޭސި ފޮތުގައި ބަޔާން ކޮށްފައިވާ ކަމަށާއި، އެ ފޮތަކީ ރާއްޖޭގެ އެންއައިއީ އާއި އިންޑިއާގެ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް ގުޅިގެން ޝާއިއު ކުރި ފޮތެއް ކަމަށެވެ.

މިކަމުގައި ޒިންމާ ނަގަން ޖެހޭ ބަޔަކު ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅައި، އެމީހުންގެ މަައްޗަށް ދައުވާ އުފުލުމަށް ވެސް ސިޓީގައި ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އިސްލާމްދީނާ ޚިލާފު ވާހަކަަތައް ހުރި ފޮތުގެ ހުރިހާ ޗާޕެއް އިސްލާހު ކުރުމަށް ނުވަތަ ލާދީނީ ވާހަކަތައް ހިމެނޭ ފިލާވަޅު ނެގުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވެސް ރައްޔިތުންގެ އިއްތިހާދުން ސީޕީ ހަމީދަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

އެ އިއްތިހާދުން ބުނީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކަށް ސިޓީ ފޮނުވައިގެން ޖަވާބު ލިބިފައި ނުވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top