ރާއްޖޭގައި ވިއްކަން ހުންނަ ބައެއް ވައްތަރުގެ ސުޕާރީގައި ދުންފަތް އެކުލެވިގެންވޭ: އެޗްޕީއޭ

14643420597192.jpg

ފިހާރައެއްގައި ވިއްކަން ހުރި ސުޕާރީ ޕެކެޓްތަކެއް.

ރާއްޖޭގައި ވިއްކަން ހުންނަ ބައެއް ވައްތަރުގެ ސުޕާރީގައި ދުންފަތް އެކުލެވިގެންވާ ކަމުގައި ހެލްތް ޕްރޮޓެކެޝަން އެޖެންސީ (އެޗްޕީއޭ )އިން ބުނެފިއެވެ.

ޕީއެސްއެމްް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެތަނުގެ ޑިރެކްޓަރ ޖެނެރަލް ހަސަން މުހައްމަދު ވިދާޅުވީ ރާއްޖޭގައި ވިއްކަން ހުންނަ ބައެއް ވައްތަރުގެ ސުޕާރީގައި ދުންފަތުގެ އަސަރު ހުންނަކަން ފާހަގަ ކުރެވިފއިވާތީ މިފަދަ ތަކެތި ޓެސްޓް ކުރުމުގެ މަސައްކަތް ކުރައްވަމުން އެބަދާކަމުގައެވެ. އަދި ވިދާޅުވީ މިފަދަ ބާވަތްތައް އެތެރެ ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބައްލަވަމުން ގެންދަވާނެކަމުގައެވެ

ހަސަން މުހައްމަދު ވިދާޅުވީ ދުންފަތް ޕްރޮމޯޓް ކުރުމަށް އެ އުފައްދާ މީހުން އާގޮތްތައް ތައާރަފްކުރަން ފަށައިފިކަމުގައާއި ދުންފަތް މާކެޓްކުރާ މީހުން މިވަނީ މީހުންނަށް ނޭގޭނެގޮތަށް ދުންފަތުގެ އަވާގައި ޖެއްސުމަށް މަސައްކަތް ފަށާފައެވެ.

ރާއްޖެއަށް ދުންފަތް އެތެރެކުރުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި އެފަދަތަކެތި ފިހާރަތަކުގައި ބަހައްޓާނެގޮތްތައް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް މިފަދަކަންތައްތަކަށް ވިޔަފާރި ކުރާ ފަރާތްތަކުން ސަމާލުނުވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކުރާ މައިގަނޑު އެއް މަސައްކަތަކީ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތެވެ. އެގޮތުން ދުންފަތުން ލިބޭ ގެއްލުންތަކުން މީހުން ދުރުވާނެ ގޮތްތައް ކިޔާދިނުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމާތްކުރުމަށްޓަކައި ކައުންސިލިން ދިނުމުގެ މަސައްކަތް ވެސް އެޖެންސީން ދަނީ ކުރައްވަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top