ބ. އަތޮޅު 5 ރަށެއްގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

438997_3_326e409bfbeaf4a9984d795d64bf34a3a43410ad.jpg

ބ. އަތޮޅު ފަސް ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ. އެއީ އޭދަފުށި، ތުޅާދޫ، ދަރަވަންދޫ، ކަމަދޫ އަދި ފުޅަދޫގަ އެވެ.

މި ޚިދުމަތް ފަށާފައިވާއިރު އެބޭންކުން ރޭ ވަނީ ރާއްޖޭގައި އެއްފަހަރާ 90 އޭޓީއެމްގެ ޚިދުމަތްވެސް ދޭން ފަށާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލް އިން މި ބެހެއްޓި 90 އޭޓީއެމްގެ ތެރޭގައި ހިމެނެނީ 70 ޑޮލަރު އޭޓީއެމް އާއި ރުފިޔާގެ 20 އޭޓީއެމް އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޭންކުގެ ޗެއާޕާސަން އާއި ބޭންކުގެ އިސް އޮފިޝަލުންނާއި ސަރުކާރުން އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއަހަރު 70 ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ.

ބީއެމްއެލްއިން ސަރުކާރާ ގުޅިގެން މިދިޔަ އަހަރު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބަހައްޓައި ހިދުމަތް ފަށައިފަ އެވެ. ރުފިޔާ އޭޓީއެމް ބެހެއްޓުމަށްފަހު ބީއެމްއެލްއާ ސަރުކާރު ގުޅިގެން އަމާޒުހިފީ ޑޮލަރު އޭޓީއެމް މުހިއްމު ރަށްތަކުގައި، އެ ޚިދުމަތް ދިނުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top