ބ.އަތޮޅު މަދަރުސާގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި. އެންމެ މޮޅު ދަރިވަރަކީ ތަސްނީމް.

14707795_1101832359925051_83865019744665560_o.jpg

ޑރ.އަލީ ޝަމީމު ތަސްނީމަށް އެވޯޑް ހަވާލުކޮށް ދެއްވަނީ .ފޮޓޯ : ބ.އަތޮޅު މަދަރުސާ

 

ބ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ރޭ އެމަދަރުސާ ގައި ބާއްވައިފިއެވެ.

އިނާމު ދިނުމުގެ މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުއެވެ.

މި ޖަލްސާގައި މި ދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ދަރަވަންދޫ ވަށަފަރުގޭ މުހައްމަދު ތަސްނީމަށް އެވޯޑާއި އިނާމުތައް ދެއްވީ ޝަރަފެވެރި މެހްމާނެވެ.

ރޭގެ ރަސްމިއްޔާތުގައި ތަސްނީމުގެ އިތުރުން 90 ދަރިވަރުންނަށް އިނާމު ދީފައިވެއެވެ. މީގެ އިތުރުން ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށް ސްކޫލްގެ ޕީ.ޓީ.އޭ ގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ޕީ.ޓީ.އޭ އެވޯޑް މިއަހަރުވެސް ދީފައިވެއެވެ.

ދަރިވަރުން މަތީ ތައުލީމަށް ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ޕީޓީއޭ އިން މި އެވޯޑް ތައާރަފް ކުރިއަހަރު ދީފައިވަނީ 2000ރު. ކަމުގައި ވިޔަސް 2014 ވަނަ އަހަރުން ފެށިގެން  ވަނީ 5000 ރު.އަށް ބަދަލު ކޮށްފައެވެ.

އުފާވެރި ޚަބަރަކީ މިއަހަރު އަދި މިއަށް ވުރެވެސް ރަނގަޅު ކޮށްލުމުގެ ގޮތުން މި އެވޯޑްް ދަރަވަންދޫ ފިއުލް ސަރވިސްގެ ފަރާތުން ސްޕޮންސަރ ކޮށްފައިވާ ކަމެވެ. އެތަނުން އެވޯޑްގެ ގޮތުގައި ހުށަހަޅާާާާާާާާާާފައިވަނީ ބްރޭންޑަޑް ލެޕްޓޮޕެކެވެ.

ރޭގެ ރަސްމިއްޔާތުގައި ދަރަވަންދޫ ފިއުލްސާވިސަސް އިން ވަނީ އެރަށު ސްކޫލްގެ އައި.ސީ.ޓީއަށް އިންޓެގްރޭޓް ކުރުމަށް ފަށާފައިވާ މަޝްރޫއަށް ބޭނުންވާ ފްލެޓް ސްކްރީން ޓީވީތައް، ރަމްޒީ ގޮތުން ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ދަސްވާރު ޕްރޮގްރާމު ނިންމި ކުދިންނަށް ސެޓްފިކެޓްވެސް ދީފައިވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top