“އެއީ ރޮނގުވަޅުގެ މައްސަލައެކެވެ . އެންމެންގެ ވާހަކަ ވެސް ހަމަ ރަނގަޅެވެ !”- ޖުހާ

1535276762627666_l-1.png

“އެކެެއްގެ ވާހަކައަކީ ދައުވަތު ދޭން އޮންނަނީ ޣައިރު މުސްލިމުންނަށެވެ. އަނެކަކުގެ ވާހަކައަކީ މުސްލިމުންނަށް ވެސް ދައުވަތު ދެވޭނެ އެވެ.” ޖުހާއަށް ކިޔައިދެވުނެވެ. “އެއްބަޔަކު އެކަކަށް ތާއީދު ކުރިއެވެ. އަނެއްބަޔަކު އަނެކަކަށް ތާއީދުކުރިއެވެ. އެހެން މައްސަލަތައް ވެސް ފަދައިން މިމައްސަލަވެސް ވީ ތަން ދެބައިކޮށްލި ކަމަކަށެވެ. މައްސަލައިގެ މައްޗަށް ތަހުލީލީ ނަޒަރަކުން ބެލިގެންނެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެއް ނޫން ހެއްޔެވެ؟ ކޮންމެ މީހެއްގެ ޚުމެއިނީވެސް ބަސް ވިދާޅުވެއްޖެއެވެ. ދެން އޮންނާނީ އެމީހެއްގެ ޚުމައިނީ ދިފާއުކުރުން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟” ޖުހާއަށް އިތުރަށް ކިޔައިދެވުނެވެ.

“ދެން މައްސަލައަކީ ކޮބާ ހެއްޔެވެ؟ “ ޖުހާ ބުންޏެވެ. “ކޮންމެ މީހަކަށް ވެސް އެމީހެއްގެ މީހާއަށް ތާއީދުކޮށް އޭނާ ދިފާއުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ނޫން ހެއްޔެވެ؟”

“އެންމެ ރަނގަޅެވެ. އެހެންވެއްޖިއްޔާ ޖުހާ ބުނެދީބަލާށެވެ. މިމައްސަލައިގައި ރަނގަޅު ގޮތަކީ ކޮބާހެއްޔެވެ؟”

“ތިމައްސަލައިގެ ވާހަކަ ހަނދާނަށް ގެނެސްދެނީ އަނެއްކާވެސް ވާހަކައެކެވެ. ދެބެންގެ ދެބަސްވުމެއްގެ ވާހަކައެކެވެ. ދެން ދެބެންވެގެން ބުއްދިވެރި ހަކީމެއްގެ ކައިރިއަށް ދިޔައެވެ. ރަނގަޅު ގޮތަކީ ކާކުގެ ގޮތެއްތޯ ބެލުމަށެވެ. ފަހަރަކު ކުއްޖަކު ހަކީމު ސާހިބުގެ އަރިހުގައި އޭނާގެ ގޮތް ބަޔާންކޮށްދިނެވެ. ފުރަތަމަ ބޭބެއެވެ. ހެއްކާ އެކުގައެވެ. ދެން ހަކީމު ވިދާޅުވިއެވެ. ތިވާހަކަ ރަނގަޅެވެ. ހައްގު ގޮތުގައި ވަނީ ކަލެއެވެ. ދެން ބޭބެ ވަރަށް އުފަލުން ދިޔައެވެ
ބޭބެ ދިޔުމުން ހަކީމުގެ އަރިހުގައި ކޮއްކޮގެ ވާހަކަ ބޭބެގެ ވާހަކާއާ ދިމާ އިދިކޮޅަށް ކޮއްކޮ ކިޔައި ދިނެވެ. އަދި ހައްގު ގޮތުގައި ހުރީ ކާކުތޯ ބަޔާންކޮށްދެއްވުމަށް ހަކީމު ސާހިބު އަރިހުން އެދުނެވެ. ޖަވާބުގައި ހަކީމު ވިދާޅުވިއެވެ. “ކޮއްކޮގެ ވާހަކަ ހަމަ މުޅިން ރަނގަޅެވެ. ހައްގުވަނީ ކޮއްކޮއާ އެކުގައެވެ.” ދެން ކޮއްކޮވެސް ވަރަށް އުފަލުން ހިނގައްެޖެއެވެ.

މިދެބޭންގެ ވާހަކައާ އަދި ހަކީމު ސާހިބުގެ ޖަވާބު އަޑުއިވޭ ހިސާބުގައި ހަކީމު ސާހިބުގެ އަނބިކަނބަލުން އިންނަވަފައި އެކަނބުލޭގެ ހަކީމަށް ދެންނެވިއެވެ. “ދެބޭން ދެއްކީ ދިމާ އިދިކޮޅު ވާހަކަ ނޫންތޯއެވެ؟ އެހެން ކަމަށްވާއިރު ދެބޭންގެ ވާހަކަ ސައްހަވާނީ ކިހިނަކުންތޯއެވެ؟ އެކަކުގެ ވާހަކަ ސައްހަވެފައި އަނެކަކުގެ ވާހަކަ ބާތިލުވާން ޖެހޭނެ ނޫންތޯއެވެ؟”

އަނބިކަނބަލުންގެ މޫނަށް ބައްލަވާލައްވާފައި ހިކުމަތްތެރި ހަކީމު ވިދާޅުވިއެވެ. “ކަނބުލޭގެ ވެސް ތިޔަ ބުނީ ހަމަ ހައްގު ތެދު ވާހަކައެކެވެ”

“ތި ދެބޭންގެ ވާހަކައާ ދައުވަތުގެ ވާހަކަ ގުޅެނީ ކިހިނެއް ހެއްޔެވެ؟” ޖުހާ ކުރެން އެހުނެވެ. ޖަވާބުގައި ޖުހާ ބުންޏެވެ.”އިސްލާން ދީނަށް ދައުވަތު ދިނުމުގެ ވާހަކައަކީ ވެސް ހަމަ މިފަދަ ވާހަކައެކެވެ. އެމައްސަލައާ މެދު ބަލާ ރޮނގުވަޅުގެ މައްޗަށް ބިނާކޮށް ކަމުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލެވޭ މައްސަލައެކެވެ. ދައުވަތުގެ މާނައަކީ މީހުން އިސްލާން ދީނަށް ވައްދަން ކުރާކަމެއްގެ ގޮތުގައި ބަލައިފިނަމަ އެކަން އަމާޒުވާނީ މުސްލިމު ނޫން މީހުންނަށް ނޫންހެއްޔެވެ؟ ދައުވަތު ދިނުމުގެ މާނަ ގުޅެނީ ދީނުގެ ކަންތައް އޮޅުންފިލުވައި ދިނުމަށް ކަމަށްވާނަމަ އެކަމަކީ މުސްލިމުންނަށް އަމާޒުކުރެވިގެން ކުރެވިދާނޭ ކަމެއް ނޫން ހެއްޔެވެ؟ އެހެންވީމާ ދެ ޚުމައިނީންގެ ވާހަކަވެސް ހަމަ ރަނގަޅުވެދާނެ ނޫން ހެއްޔެވެ؟ އެމީހަކު ބަލާ ރޮނގުވަޅުގެ މައްޗަށް ބިނާކޮށެވެ”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top