އަންނަ ހަފްތާއިން ފެށިގެން ހުރިހާ ގްރޭޑްތަކަށް ކިޔަވައިދޭން ފަށާނެ.

big_owJQkYmzojNybwTDjxAvKrKVJ.jpg

އެޑިއުކޭޝަން މިނިސްޓަރު ،ޑރ.އައިޝަތު އަލީ

އަންނަ ހަފްތާއިން ފެށިގެން ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ކޮވިޑާބެހޭ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވީ ނޫސްވެރިންގެ ބައްދަލު ވުމުގައި މިނިސްޓަރު އައިޝާ ވިދާޅުވީ މިހާރުވެސް ގްރޭޑް 7،8،9،10 އަދި 11 އިގެ ޓެލެކިލާސްތައް ކުރިއަށް ދާ ކަމުގައެވެ. އެހެން ނަމަވެސް އަންނަ ހަފްތާއިން ފެށިގެން ކީ ސްޓޭޖް އެކަކާއި ދޭކަށްވެސް ޓެލި ކްލާސްތައް ފަށާނެކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން އެލްކޭޖީ އަދި ޔޫކޭޖީގެ ކުދިންނަށް ލާނިން ޕެކްތަކެއް ހަދާފައި ހުންނާނެ ކަމަށާ އެއީ ކްލޭ ބޭސްޑް ޕެކްތަކެއް ދަރިވަރުންނާއި ބެލެނިވެރިންނާއެކު ގޭގައި ކުރެވިދާނެ ކަންތައްތަކެއް ކަމަށެވެ.

މީގެ ކުރިން ކީ ސްޓޭޖް އެކަކާއި ދޭކަށް ކްލާސްތައް ނަގައިދެމުން ގެންދިޔައީ ގޫގަލް ކްލާސްރޫމްތައް ފަދަ ވަސީލަތްތައް ބޭނުންކޮށްގެނެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދިނުމުގެ ގޮތުން މިހާތަނަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާސްއަށް އެއީ ދިރާގާއި އުރީދޫއިން ހުރިހާ މުދައްރިސުންނަށާއި ދަރިވަރުންނަށް ޑޭޓާ ފޯރުކޮށްދިނީ އެއް މަހަށް ވާވަރަށް. ދެން ހަމަ ޔުނިސެފް އަދި ވޯލްޑްބޭންކްއިން މިކަންކަން ފަހިކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްކަތެއް ވަނީ ކޮށްދީފައި،” މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިއީ ތިން ވަނަ ހަފްތާއެވެ. ކުރިއަށް އިތް ހަފްތާވެސް ސްކޫލްތައްބަންދުވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top