ޑެންގީ ހުން ފެތުރެނީ. މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އަތޮޅު ހޮސްޕިޓަލް އިސްނަގައިފި

12924442_608288149325164_3212473624742169101_n-800x450-800x450.jpg

ބ. އަތޮޅު ހޮސްޕީޓަލުން މަދިރިއަށް ފޮގްކުރުމަށް މިދިޔަ އަހަރު ހިންގި ޕްރޮޤްރާމްގެ ތެރެއިން. ޑެނެްގީހުމަށް ސަމާލުވުމަށް އެހޮސްޕިޓަލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައި / ފޮޓޯ: އަތޮޅުހޮސްޕިޓަލް

މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުން މިދުވަސްވަރު ފެތުރެމުންދާ މިންވަރު އިތުރުވަމުން ދާތީ މަދިރި ނައްތާލުމުގެ ގޮތުން ރަށުތެރެއަށް ނުކުތުމަށް ބ.އަތޮޅު ހޮސްޕިޓަލުން ނިންމައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިީ މިދުވަސްވަރު ބ. އަތޮޅުގެ ރަށްތަކުންނާއި އޭދަފުށިން ޑެންގީ ހުން ޖެހޭ މީހުން އިތުރުވަމުންދާތީވެ މި ބަލި ކޮންޓްރޯލް ކުރުމަށް އަންނަ އާދީއްތަ ދުވަހު މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ޖަމިއްޔާތައް ގުޅިގެން ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިޕްރޮގްރާމު ކުރިއަށް ގެންދާނީ އަންނަ އާދީއްތަ ދުވަހު ހެނދުނު 8:30 އިން 10:30 އަށެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ވާރޭ ވެހި، އެކި ތަންތަނުގައި ހަރުލާފައި ހުންނަ ފެނުގައި ގިނައިން މަދިރި އާލާވާނެ ކަމަށާއި އެހެންވެ، މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ވާރޭ ވެހުމުގެ ސަބަބުން ގެންގީ އިތުރުވާ ދުވަސްވަރެކެވެ.

ހޮސްޕިޓަލުގެ ރެކޯޑުތަކަށް ބަލާއިރު މިއަހަރު ފެށުނީއްސުރެ ވެސް ޑެންގީ ކޭސްތައް ފެންނަމުން ދެއެވެ، ހަމައެއާއެކު ޑެންގީ ޖެހިގެން ހާލު ސީރިއަސް ވުމުގެ ސަބަބުން ބައެއް މީހުން މާލެ އަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރު ވާތީ، ޑެންގީއާ މެދު ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިދިޔަމަހު ފަހުކޮޅު ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޑެންގީ ހުން އައުމުގެ އަލާމާތަކީ ގަދައަށް ހުންއައުމާއެކު ބޮލުގައި ރިއްސުމާ ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން އަދި ޕެނަޑޯލް ފަދަ އެއްޗެއް ބޭނުންކުރުމުންވެސް ހުން ނުފިލުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ އަވަހަށް ޑޮކްޓަރަކަށް ނުވަތަ ޞިއްޙީ އެހީތެރި އަކަށް ދެއްކުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top