ބ.އަތޮޅުގެ ދެބޭފުޅަކު ހައިކޯޓުގެ ފަޑިޔާރުކަމަށް ކުރިމަތިލައްވައިފި

high-court-of-maldives.jpg

ދިވެހި ރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރެއްވުމުން ބ.އަތޮޅުން ދެބޭފުޅަކު އެކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފިއެވެ. އެއީ ބ.މާޅޮސް ޖަވާހިރުމާގޭ ރުޝްދުﷲ އިބްރާހީމް އާއި ބ.ކިހާދޫ ގާޑެނިޔާވިލާ، އަލީ ނަސީރު އެވެ.

މިދޭބުފުޅުން ހިމެނޭ ގޮތަށް ޖުމްލަ ހަބޭފުޅުން މި މަގާމަށް ކުރިމަތިލެއްވި އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، އެ އިއުލާނުގެ މުއްދަތު ހަމަވިއިރު، އެމަގަމާށް ކުރިމަތިލައްވާފައިވަނީ ހަ ބޭފުޅުން ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އާސާސީ މުސާރައިގެ ގޮތުގައި މަހަކަށް 36،000 ރުފިޔާ ލިބޭއިރު، ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 15،000 އާއި ރިސްކު އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ މަހަކު ލިބޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝޫރެންސްއާއި ފޯނު އެލަވެންސް ވެސް ލިބިގެންދާނެއެވެ.

ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި ވަނީ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު މިދިޔަ ހަފުތާގައި ކޯޓްގެ އިސް ފަނޑިޔާރަކަށް އައްޔަންކޮށްފައި ވަނިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top