ރައީސްގެ ޚާއްސަ ސްކޮލާޝިޕަށް ހުޅުވާލައިފި

large_168319890254MYc.jpg

އޭލެވެލް އިމްތިހާނުގައި ރަންވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި ސްކޮލާޝިޕް ލިބޭ ދަރިވަރުން، ކިޔަވަން ބޭނުން ދާއިރާއަކުން ދުނިޔޭގެ ކޮންމެ ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި ސާކްގެ އެހެނިހެން ގައުމުތަކުގެ އިތުރުން މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ޤައުމުތަކެވެ.

ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް، މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށްވާން ޖެހެއެވެ.

މީގެ އިތުރުން ޖީސީސީ އޭ ލެވެލްގެ އިސްލާމް އާއި ދިވެހި ހިމެނޭހެން ފަސް މާއްދާއިން އޭ ފާސް ހޯދާފައިވުމާއެކު ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން “އޭ ސްޓާ” ހާސިލުކޮށްފައި ވާން ޖެހެއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލާޝިޕްގެ އުސޫލު ހަމަޖެހިފައިވާ ގޮތުން ސްކޮލާޝިޕަށް ޝަރުތު ހަމަވާ ކުދިން ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ޖެހޭތީވެ ދަރިވަރުންގެ ފަރާތުން ނިންމަންޖެހޭ ކަންކަން އަވަސްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ސްކޮލަޝިޕަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ލިޔެކިއުން ހުށަހަޅަން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top