ތަރުކާރީއާއި މޭވާ ފަދަ ތަކެތި ވިއްކާ ތަންތަން ރަޖިސްޓަރީ ކުރަންޖެހޭ !

l_15570557029uGoK.jpg

ފޮޓޯ :ސަން އޮންލައިން

ތަރުކާރީއާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓްރީ ކުރަން ލާޒިމް ކޮށް އެފަދަ ވިޔަފާރިތައް ރަޖިސްޓްރީ ނުކޮށް ވިއްކާނަމަ 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ސަރުކާރުން ގަވައިދެއް އެކުލަވާލައިފި އެވެ.

އަންނަ އޮކްޓޯބަރު މަހު އަމަލު ކުރަން ލާޒިމް ކުރާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފިޔަވައި މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ވިޔަފާރި ހިންގާ ހުރިހާ ފަރާތްތަކުން ރަޖިސްޓަރީ ކުރަން ޖެހެއެވެ.

އެގޮތުން ތަނެއްގައި ގާއިމުވެގެން ނުވަތަ ގާއިމުނުވެ ވިޔަސް، އޮންލައިންކޮށް ނުވަތަ އެއްވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީ ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކުން ވެސް ވިޔަފާރި ރަޖިސްޓްރީ ކުރަންވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ހަމައެއާއެކު މޭވާއާއި ތަރުކާރީ ފަދަ ކާބޯތަކެތި ވިއްކަން ރަޖިސްޓްރީކުރާ ފަރާތްތަކުން ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަމަށް އެ ގަވާއިދުގައި ބުނާ ޝަރުތެއް ފުރިހަމަ ނުކުރާނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

މިގޮތަށް ފިޔަވަޅު އެޅުމަށްފަހު ވެސް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރިއަށްގެންދާނަމަ، އެ ވިޔަފާރި ހިންގާ ތަން ބަންދުކޮށް، އެތަނުގެ ތަފްސީލު ގެޒެޓުގައި ޝާއިއުކުރާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top