އެންމެ 15މިނިޓް ތެރޭގައި ނަތީޖާލިބޭ ކޮވިޑް-19 ޓެސްޓެއް މެޑިޓެކް އިން ރާއްޖެ ގެންނަނީ. .

large_1599219180653Qra.jpg

އެންމެ 15 މިނިޓްގެ ތެރޭގައި ކޮވިޑްގެ ނަތީޖާ ލިބޭ ކޮވިޑް19 ޓެސްޓް ކާޑެއް ގެންނަން މެޑްޓެކް މޯލްޑިވްސް އިން ނިންމައިފިއެވެ.

މިއީ އެމެރިކާގެ މަޝްހޫރު، އެބޮޓް ކުންފުނީގެ އުފެއްދުމެކެވެ.

އެ ކުންފުނިން ވަނީ “ބައިނެކްސްނައު ކޮވިޑް-19 އޭޖީ ކާޑު”ގެ ނަމުން ނަން ދީފައިވާ އޭޖީ ކާޑު ރާއްޖެއަށް ވަރަށް އަވަހަށް ގެންނާނެ ކަަމަށް ބުނެފައެވެ.

ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއްވަރުގެ މި އޭޖީ ކާޑުން 15 މިނެޓުގެ ތެރޭގައި ކޮވިޑް19 ޖެހިފައިވާކަން ނުވަތަ ނޫން ކަން އަންގައިދެ އެވެ. އެބޮޓުން ބުނީ ކޮވިޑްގެ އަލާމާތްތައް ހުރި މީހުންގެ މެދުގައި މި ޓެސްޓު ހަދައިގެން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މި ޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓެވެ. އަދި ސްޕެސިފިޓީއަކީ 98.5 ޕަސެންޓެވެ.

އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން މިހާރު ވެސް މި ޓެސްޓު ބޭނުންކުރަމުން ދާއިރު، އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ މެޑްޓެކުން ބުނީ ވަރަށް އަވަހަށް ރާއްޖެ އަށް އޭޖީކާޑު ތައާރަފް ކުރާނެ ކަމަށެވެ.

އެބޮޓުން އަންނަނީ އަންނަ މަހުން ފެށިގެން ކޮންމެ މަހަކަށް މީގެ 50 މިލިޔަން ޓެސްޓް ހެދުމަށް އަމާޒު ހިފައިފަ އެވެ.

އޭޖީ ކާޑާއެކު އެބޮޓް ކުންފުނިން ވަނީ މި ޓެސްޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަނުން އެންމެ ފަހުން ޓެސްޓު ހެދި ތާރީހާއި ޓެސްޓުގެ ނަތީޖާ ނެގެޓިވްކަން ވެސް ދައްކައިދެ އެވެ.

އޭޖީކާޑުގެ ސަބަބުން ސްކޫލްތަކާއި އޮފީސް ފަދަ ގިނަ އަދަދެއްގެ މީހުން އުޅޭ ތަންތަނުގައި ފަސޭހަކަމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑް19އަށް ޓެސްޓު ކޮށްލެވޭނެ އެވެ،

 

 

 

އެ އޭޖީ ކާޑަކީ އެއްތަނުން އަނެއް ތަނަަށް ގެންދެވޭވަރުގެ ކްރެޑިޓް ކާޑް ސައިޒް ވަރުގެ ކުޑަ އެއްޗެކެވެ. އެ އޮަޕަރޭޓް ކުުރުމަށް އެހެން އިތުރު އެއްވެސް އިކުއުޕްމެންޓެއް ބޭނުން ނުވާއިރު، ލެބްތަކުން މި ހަދާ ކޮވިޑް-19 ޓެސްޓަށް ވުރެ ފަސޭހައިން ނޭފަތުން ސުންކު ނަގައި، މީގެން ޓެސްޓު ހހެދޭނެ ކަމަށް އެބޮޓްގެ އެކްޒެކެޓިވްއަކު މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

އެބޮޓް އިން މިހާރު މަސައްކަތް ކުރަނީ މި މަސް ތެރޭގައި މީގެ 10 މިލިއަން ޓެސްޓު ޝިޕް ކުރުމަށް ނިންމާފައެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން 50 މިލިއަން މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ އަމާޒެއް ކަމަށް ބުނެފައި ވެއެވެ.

މި އޭޖީ ކާޑު ބޭނުންކޮށްގެން ބޮޑެތި އެއްވެންތަކުގައިވާ މީހުންވެސް ކޮވިޑް-19 އަށް ފަސޭހަކަމާއެކު ޓެސްޓު ކުރެވޭނެއެވެ.

މީގެން 15 މިނިޓް ތެރޭގައި ބަލި ޖެހިފައި ހުރިތީ ނުވަތަ ނޫންކަން ކަށަވަރުކޮށްދޭއިރު، މީގެ ސެންސިޓިވިޓީއަކީ 97،1% ކަމަށެވެ. އަދި އަދި އަދި ސްޕެސިފިޓީއަކީ 98.5 ޕަސެންޓު ކަމަށް ބުނެފައި ވެއެވެ.

އެބޮޓް އިންވަނީ މިއާއެކު ހާއްސަ މޯބައިލް އެޕެއް ތައްޔާރުކޮށްފައެވެ. މިއާއެކު އެ އެޕް މެދުވެރިކޮށް ކޮވިޑް-19 ޖެހިފައިވާކަން ނުވަތަ ނޫން ކަން ދައްކައިދޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top