ފޯނުގައި ރުފިޔާ ނެތަސް ދެން މިސްކޯލް ދެވޭނެ.

Ooredoo.jpg

ތިބާ ގެންގުޅެނީ އުރީދޫ ނަންބަރެއް ހެއްޔެވެ؟ އެހެންވިއްޔާ ފޯނުގައި ބެލެންސް ނެތަސް ހާސްވާނެ ކަމެއް ނެތެވެ. މިސްކޯލް ދެވޭނެއެވެ.

އުރީދޫން ބުނީ އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ކަސްޓަމަރުނަށް ކްރެޑިޓް ނެތަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށްވެސް މިހާރު މިސްޑް ކޯލް ދެވޭނެ ކަމަށެވެ.

މި ހިދުމަތް ބޭނުން ކުރުމަށް ވަކި ހާއްސަ ވަތްތަރެއްގެ ސިމްކާޑެއް ބޭނުން ކުރަން ނުޖެހޭނެ އެވެ. އަދި  މި ހިދުމަތް ބޭނުން ކުރުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް އުރީދޫ އިންބުނެއެވެ.

މި ހިދުމަތް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ގިނަވެގެން ދެވޭނީ 10 މިސްޑް ކޯލް އެވެ. އުރީދޫ އިން ބުނީ މި ހިދުމަތާއިއެކު ކަސްޓަމަރުންނަށް ފޯނުގައި ރުފިޔާ ނެތިގެން މީހަކަށް ކޮންމެހެން ދޭން ބޭނުންވާ ކޯލް އެއް ނުދީ ހުންނަން ދެން ނުޖެހޭނެ ކަމަށެވެ. މި ހިދުމަތް މެދުވެރިކޮށް ގުޅަން ބޭނުންވާ ފަރާތައް މިސްޑް ކޯލް އެއް ދެވޭނެ އެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު http://ore.do/missedcall އިން ލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top