ރޯދަމަހު ގިނަވެގެން ކިޔަވައިދެވޭނީ ހަތަރު ގަޑިއިރު

29339634_2281912191835318_2162579775145639936_n-1.jpg

އަންނަ ރަމަޟާން މަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވައިދޭނީ ގިނަވެގެން ހަތަރު ގަޑި އިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އިއްޔެ އެޑިއުކޭޝަން އިން ސްކޫލަތަކަށް ފޮނުވި ސާކިއުލާރ އެއްގައި ބުނެފައިވަނީ ، ރޯދަމަހު ހެނދުނު ދަންފަޅީގެ ކިޔެވުން ފެށޭ ގަޑިއަކީ ހެނދުނު 8:40 އާއި 9:00 އާއި ދެމެދު ކަމަށެވެ. އަދި މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ފަށާ ގަޑިއަކީ ހެނދުނު 11:30 އާއި މެންދުރު 1:00 އާއި ދެމެދު ކަމަށެވެ. ސަރކިއުލަރގައިވާ ގޮތުން ކިޔަވައި ދިނުމުގެ ވަގުތު ހަމަޖައްސަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 3:00 ގެ ކުރިން އެ ދުވަހެއްގެ ސެޝަން ނިންމާ ގޮތަށެވެ.

ރޯދަމަހު ގްރޭޑް އެކަކުން ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައި ވަނީ ދެގަޑި ތިރީސް މިނެޓަށެވެ. އަށަކުން ދިހައަކާ ދެމެދުގެ ދަރިވަރުންނަށް ތިން ގަޑިއިރު، އަދި ގްރޭޑް އެގާރައާއި ބާރައިގެ ދަރިވަރުންނަށް ހަތަރު ގަޑިއިރު އެވެ. މަތީ ތައުލީމަށް ކިޔަވައިދޭ ސްކޫލްތަކުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ކިޔެވުން ވެސް އެއް ގަޑިއިރާއި ތިރީސް މިނެޓަށް ވުރެ ދިގުނުވާ ގޮތަށް ހަމަޖެއްސުމަށް މިނިސްޓްރި އިން ބުނެއެވެ.

މީގެ އިތުރުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުން ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެހެން ދަންފަޅީގެ ގަޑިތައް ހަމަޖެއްސުމަށާއި، ކޮންމެ ގަޑިއެއްގެ ދިގުމިން 30 މިނެޓާ 45 މިނެޓާ ދެމެދަށް ހަމަ ޖެއްސުމަށް ވެސް ސާކިއުލާގައި ބުނެފައި ވެއެވެ.

އަދި މަޣްރިބް ނަމާދާއި އިޝާ ނަމާދުގެ ވަގުތުގައި އެއްވެސް ސްކޫލް ހަރަކާތެއް ނުހިންގުމަށާއި ސްކޫލްގައި ހިންގާ ހަރަކާތްތައް ތަރާވީހް ނަމާދަށް ފުށުނާރާ ގޮތަށް ރާވާ ހިންގުމަށާއި ރޯދަ މަހު ސުކޫލް ތަކުގައި ކިޔަވާދޭނެ ޓައިމްޓޭބަލް ރޯދަ މަސް ފެށުމުގެ ދިހަ ދުވަސް ކުރިން މިނިސްޓްރީއަށް ފޮނުވުމަށްވެސް ސާކިއުލާގައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top