އިންޑިއާސް ނެކްސްޓް ސުޕަރސްޓާރ އެއްވަނައަށް އަމަން އާއި ނަތާޝާ

62F_winners.jpg

ބޮލީވުޑްގެ މަޝްހޫރު ދެ ޑައިރެކްޓަރުންކަމަށްވާ ކަރަން ޖޯހަރާއި ރޯހިތު ޝެޓީ ، ސްޓާރ ޕްލަސް އިން ގެނެސްދެމުންއައި އިންޑިއާސް ނެކްސްޓް ސުޕަރސްޓާރ މުބާރާތް އަމަން ގަންދަޓްރާ އާއި ނަތާޝާ ބަރަޖްވާޖް ކާމިޔާބު ކޮށްފިއެވެ.

މުބާރާތް ކާމިޔާބު ކުރުމާ ގުޅިގެން ދެތަރިންނަށް މިހާރުވަނީ ކަރަން އާއި ރޯހިތުގެ ޕްރޮޑަކްޝަން ހައުސް އިން ބޮލީވުޑަށް ތައާރަފް ވުމުގެ ޗާންސް ލިބިފައެވެ. މި ފުރުސަތުގެ އިތުރުން ދިހަލައްކަ އިންޑިއަން  ރުޕީސްވެސް ވަނީ މި މީހުންނަށް ލިބިފައެވެ. މި މުބާރާތުގެ ތިންވަނަ ސުޕަރސްޓާރއަކަށް މި ޝޯއިން ހޮވާފައިވަނީ އެއްވަނަ އަށް ދާނެކަމަށް ބެލެވުނު ޝްރުތީ ޝަރްމާއެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންތަވިއުއެއްގައި ނަތާޝާ ބުނެފައިވަނި މިއީ ވަރަށް ބޮޑު ޗެލެންޖެއްކަމަށާ މި މުބާރާތުން ޔަގީންވި މުހިއްމު އަނެއްކަމަކީ ތިމާއަށް ލިބިފައިވާ ރީތި ކަމަކީ ހުރިހާކަމެއް ކާމިޔާބު ވާނެ ކަމެއް ނޫންކަމެވެ.

“އަހަރެން ގެ ހުރި ހުންަރާ އަމިއްލަ ވަންތަ ގޮތްތައް ކުރިއަށް ނެރެގެން ކުރި މަސައަކަތުން ހެން ހީވަނީ މިމަގާމާ ހަމައަށް އާދެވުނީ ”

އަމަން އަށް ފިލްމް ކުޅުމުގެ ފުރުސަތު ބޮލީވުޑްގެ އެންމެ ވަރުގަދަ ދެ ޕްރޮޑަކްޝަނުން ލިބުމުގެ އުފަލުގައި ހުރެގެން ބުނީ މިހާރު އޭނާގެ ފޯކަސް ހުރީ ބޮލީވުޑްގެ ބޮސްގެ ގޮތުގައި ބެލެވެމުން އަންނަ ދެ ޑައިރެކްޓަރުން ކަމަށް ވާ ރޯހިތުއާއި ކަރަން ޖޯހަރު އާއެކު ބުރަ މަސައްކަތް ކޮށްގެން ކާމިޔާބާ ހަމައަށް އައުން ކަމުގައެވެ.

މި ޝޯގެ ތެރޭގައި ޑައިރެކްޓަރ މަހޭޝް ބަޓް އަދި މުކޭޝް ޗަބްރާ ވަނީ ޚާއްސަ ފިލާވަޅު ތަކަކާއެކު ބައިވެރިންނަށް ޚާއްސަ ޓްރެއިނިންގ އެއްވެސް ދީފައެވެ.

ޝޯ އިންތިޒާމް ކުރި ޓީމުން ބުނީ ޝޯ ކާމިޔާބު ކުރި ބައިވެރިން ކާމިޔާބާ ހަމައަށް އައީ ހަމައެކަނި ފައިނަލްގައި ދެއްކި ހުނަރަކުން ނޫން ކަމަށާ އެ ދެތަރިންގެ ބުރަ މަސައްކަތްތަކާއި މުޅި  ޝޯގައި ވެސް ދެއްކި މޮޅު ހުނަރުން ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ، ފިލްމު ކުޅުމުގެ ހުނަރު ހުރި ހުރިހާ އެންމެންނަށް އަމާޒުކޮށްގެން ބޭއްވި އެ ޝޯ އަކީ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވި އަދި ބެލުން ތެރިންގެ މަގްބޫލުކަން ލިބުނު ޝޯ އަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top