ޕީއެސްއެމް ، ކުޑަކުދިންގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

muslim-boy-reading-the-quran-BNJ46N.jpg

ޕީއެސްއެމް އިން އިންތިޒާމްކޮށްގެން ބާއްވާ ކުޑަކުދިންގެ ގުރުއާން ކިޔެވުމުގެ މުބާރާތް 1439 ގައި އޭދަފުށީގެ ކުދިންނަށް ފަސޭހަގޮތަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕީއެސްއެމް އިން ބުނެފައިވަނީ ، އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގ ގައި އަންނަ ހޮނިހިރު ދުވަހު މި މުބާރާތުގެ ރެކޯޑިންގ އޮންނާނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމެއްވެސް ހުށަހަޅަން ނުޖެހޭނެކަމަށެެވެ.

“ކިޔެވުން އޮންނަ ގަޑީގައި އައިޑީ ކާޑު ހިފައިގެން އައުމުން މުބާރާތުގައި ބައިވެރިވެވޭނެ.” ޕީއެސްއެމުން ބުނެފައިވެއެވެ.

ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް އަދި މެންދުރު ފަހު1:30 އިން ފެށިގެން ހަވީރު 5 އާ ހަމައަށެވެ.

މުގައްރަރަކަށް ސޫރަތުލް އަޢްލާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ހަމަޖެހިފައިވާ މި މުބރާތް ޚާއްސަ ކުރެވިފައިވަނީ 1 އެޕްރިލް 2018 އަށް ފަސް އަހަރު ފުރި އަށް އަހަރު ނުފުރޭ ކުދިންނަށެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފި އަދި ހިތުދަސްކޮށްގެން ކިޔެވުމުގެ ގޮފިވެސް ހިމެނެއެވެ.

މީގެކުރިން މި މުބާރާތުގައި ކިޔެވުމަށް ދާންޖެހެނީ މާލެއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ޕީއެސްއެމް މި މުބާރާތަށް ކުދިން ހޮވުމަށް އަންނަނީ ރަށްރަށަށް ދަތުރުކޮށް ކިޔެވުން ރެކޯޑް ކުރުމަށްފަހު ޖަޖުންގެ ޕެނަލަކުން އެ ކިޔެވުމަކަށް މާކްސް ދީގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top