ދެވަނަ ޑޯޒަށްފަހު ކަރަންޓީނު ވާކަން ނުޖެހޭނެ: ރައީސް

WhatsApp-Image-2021-03-10-at-16.30.25.jpeg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒަށް ފަހު ކަރަންޓީނު ނުވެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ، މާލެ ސިޓީން ފުރަތަމަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް މީހެއް ފެނުމާ ގުޅިގެން، މާލެ ސިޓީ ލޮކްޑައުން ކުރިތާ މިއަދަށް އެއް އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ދިރިއުޅުމަށް ބަދަލުވުމަށް އެންމެންވެސް ކެތްމަދުވެފައި ތިބި ކަމަށެވެ.

”ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން އެއް ރަށުން އަނެއް ރަށަށް އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ ގޮތަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ވާހަކަ ވަރަށް އުފަލާއެކު ހިއްސާ ކުރަން،“ ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މިދިޔަަ މަހު ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީންއާ ނުލައި ރަށްރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި ވެކްސިން ޕާސްޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top