ދެ ޑޯޒް ފުރިހަމަ ކުރުމުން ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް

293880_3_5e207ae38b72f8b599c5b847b9aba0ad368fa4cb_large.jpg

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމުން މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދޭން މަސައްކަތް ކުރަމުންދާ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

އެޗްއީއޯސީ އިން ބުނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒަށްފަހު ދަތުރުކުރުމުގައި ދޭނެ ލުއިތައް މިއަދު އިއުލާނު ކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުންވެސް ވެކްސިނަށް ފަހު ދޭނެ ލުއިތައް މިއަދުގެ ވަގުތެއްގައި އިއުލާނު ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭނެ ލުއިތައް މިއަދު އިއުލާން ކުރަން މަސައްކަތް ކުރަމުންދާއިރު، ކޮވިޑްގެ ދެ ޑޯޒަށްފަހު ލުއިތަކެއް ދޭނެކަމަށް ހެލްތު މިނިސްޓަރވެސް ވަނީ ކުރިން ވިދާޅުވެފައެވެ. އެގޮތުން ކަރަންޓީން ނުވެ ރަށްރަށަށް ދިއުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާސްކު އެޅުމާއި، ގައިދުރު ކުރުމާއި، ވަކިވަރަކަށް ވުރެ ގިނައިން މީހުން އެއްވެ ނޫޅުން، ހިމެނެއެވެ. މީގެއިތުރުން މާލެއިން ރަށްރަށަށް ދިއުމުގައި ވެސް ހަރުކަށި އުސޫލު ތަކަކަށް އަންނަނީ އަމަލު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top