ސިއްހީ ދާއިރާއަށް ޑަބްލިޔުއެޗްއޯ ގެ އިތުރު އެހީތަކެއް

large_162548690234grPi.jpg

ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު އާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ޑަބްލިޔުއެޗްއޯގެ ފަރާތުން އިތުރު އެހީތަކެއް ވެދީފިއެވެ.

ޑަބްލިއުއެޗްއޯ އިން ވެދެއްވާފައިވާ އެހީތަކުގެ ތެރޭގައި ހިމެނެނީ 11 ޖީން އެކްސްޕާޓް މެޝިންއާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް ހަ މޮޓޯސައިކަލް ގެ އިތުރުން ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓް ކިޓެވެ.

މި ތަކެތި ހަވާލު ކުރުމަށްޓަކައި ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ތަކެއްޗާ ހަވާލުވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. މިތަކެތި ހަވާލުކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރެވެ.

މިއަދު ހަވާލު ކުރެވުނު ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިންއާއިއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި، ސިއްހީ ހިދުމަތްދިނުމަށް ބޭނުން ކުރެވޭ ތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

ހަމައެއާއެކު މިއަދު ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު ރާއްޖޭގެ 18 އަތޮޅެއްގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ހެލްތުން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ހާއްސަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިންއާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުންވެސް އިމަރޖެންސީ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އާލަތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top