ބ.ގޮއިދޫކައިރިން ތެޔޮ ފެނިދާނެކަމުގެ އުއްމީދު؟

302844182.jpg

ބ.އަތޮޅު ގޮއިދޫ ކައިރިން ތެޔޮ ނުވަތަ ގޭސް ފެނިދާނެކަމުގެ އުއްމީދު އާވެއްޖެއެވެ. މިއުއްމީދު އާވެފައިވަނީ މިއަދު ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ބަޔާނަކުންނެވެ.

އެމިނިސްޓްރީން މިއަދު މިކަމާބެހޭގޮތުން ނެރެފައިވާ ބަޔާނެއްގައިވާގޮތުން ބ. އަތޮޅު ގޮއިދޫ ކައިރިން ތެޔޮހުރެދާނެކަމަށް ބެލެވޭ ލޭޔަރެއް ފެނިފައިވާ ކަމަށާއި މި ލޭޔަރު ފެނިފައިވަނީ ބ. ގޮއިދޫގެ އިރު އުތުރާއި އިރު ދެކުނުން އަށް ތަނެއް ތޮރުފައިގެން ކުރި ދިރާސާތަކުންނެވެ.

“ރާއްޖޭގެ އެތެރެ ކަނޑުގެ އެކިސަރަހައްދުގައި ގިނައަދަދަކަށް ބޮޑެތި ޕޮޕްމާކްސްތަކެއް އުފެދިފައިވާކަން ފާހަގަކުރެވި އެތަންތަނުން ކޮންމެވެސް ކަހަލަ ދިޔާ އެއްޗެއް ނުވަތަގޭސް އަރާކަން ޔަގީން ކުރެވިފައި ވެއެވެ.” ފިޝަރީޒްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ހޯދުންތަކުން ފެނިފައިވާ ކަނޑުއަޑީގައި އުފެދިފައިހުރި ވަޅުގަނޑުތަކުން އަރަނީ ކޮންބާވަތެއްގެ ގޭހެއްކަން އަދި ޔަގީންކުރެވިފައި ނުވިނަމަވެސް ކޮންމެވެސްް މިންވަރަކަށް މީތޭން އާއި އީތޭންގޭސް ހުރިކަމަށް މިހާތަނަށް ހޯދި ހޯދުމުން ފާހަގަކުރެވކަމުގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ތެޔޮ ހޯދުމަށް ކުރާ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާ ކަމެއްނޫންކަމަށާއި މިއީޖިއޮލޮޖިކަލްދިރާސާތަކުގެ އަލީގައި ކަމާބެހޭ މައުލޫމާތުތައް އެއްކުރުމަށް ކުރެވޭ މަސައްކަތެއްކަމުގައި ބުނެފައި ވެއެވެ. މީގެ މަގްސަދަކީ މި ދިރާސާތަކުން ލިބޭ މައުލޫމާތުން ރާއްޖޭއިން ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް ޝައުގުވެރިކަން އިތުރުކުރުން ކަމުގައި ވެސް ބުނެފައިވެއެވެ.

ތެޔޮ ހޯދުމަށްކުރާ މަސައްކަތުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް މިހާތަނަށް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގައާއި އެތަނުން ދެފަރާތެއްގެ ހުށައެޅުން ލިބި އެފަރާތްތަކާ މަޝްވަރާ ކުރެވެމުން އަންނަ ކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތޮޔޮ ނުވަތަ ގޭސް ހުރިކަމަށް ބެލެވޭތީ މިދިޔަ މަހުގެ 18އިން ފެށިގެން މިމަހުގެ 28އަށް ޖިިއޮލޮޖިކަލް ސާވޭ ކޮށްފައިވަނީ “ޖޮއިޑްސް ރިޒޮލިއުޝަން” ކިޔާ ބޯޓަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top