ގއ. ދާންދޫ ކައުންސިލަށް ޚިދުމަތްހޯދަން ދިޔަ މީހެއްގެ ކަރުގައި ހިފައި އަނިޔާ ކުރި މައްސަލައެއްގައި އެކައުންސިލްގެ ނައިބުރައީސް އިގްބާލް އަބްދުﷲ ހައްޔަރުކޮށްފިއެވެ.
ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީހަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ކޯޓްއަމުރެއްގެ ދަށުން އުމުރުން 24 އަހަރުގެ މީހަކު މިއަދު އެރަށުން ވަނީހައްޔަރުކޮށްފައެވެ. އަދި ދާންދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވެސް ވަނީ ކަރުގައި ހިފައި އަނިޔާކުރިކަމަށްބުނާ މީހަކަށް އެތަނުން ފަރުވާދިންކަމަށް ވިދާޅުވެފައެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ކައުންސިލްގެ ބޭބެ މުހައްމަދު އަބްދުﷲ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހަކީ ޚިދުމަތްހޯދަން ދިޔަ މީހެއް ނޫންކަމުގައެވެ.
“ފެންނަހާ ތަނަކުން އެޅިގަނެގެން އައުގުރާނަ ގޮވަމުންދާތާވެސް ދުވަސްތަކެއްވެއްޖެ. މައިންބަފައިންނާ އަޅުވައިގެންވެސް އައުގުރާނަ ގޮވަނީ. ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން ހިނގާފައިވާކަމެއް މިއީ. ” ކޮއްކޮގެ ދިފާއުގައި ބޭބެ ވާހަކަދައްކަމުން ބުންޏެވެ.
އެނގިފައިވާގޮތުގައި ދާންދޫ ކައުންސިލްގެ ނައިބުރައީސްހައްޔަރުކޮށްފައިވަނީ އަނިޔާކުރިކަމަށް ބުނާމީހާގެ އާއިލާއިން މައްސަލަ ފުލުހުންނަށް ހުށައެޅުމުންނެވެ.