ޝައިޚް އާދަމް ޝަމީމުގެ ދީނީ ދަރުސެއް މިރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި

969310_164971510375133_1389812018_n.jpg

މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިޚް އާދަމް ޝަމީމުގެ ދަރުސެއް މިރޭ އޭދަފުށީގައި އޮންނާނެއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން ބާއްވާ މި ދަރުސް ޚާއްސަކޮށްފައިވަނީ އެ މަރުކަޒުގައި ކިޔަވަމުން އަންނަ ގްރޭޑް 6 އިންފެށިގެން 9 އާދެމެދުގެ ދަރިވަރުންނާ ބެލެނިވެރިންނަށް ކަމަށް ޕީޓީއޭ އިން މައުލޫމާތު ދެއެވެ.

ޕީޓީއޭ އިން ވިދާޅުވީ  ، ދަރިވަރުންގެ ތަރުބަވީ ތައުލީމަށް ވަރަށް ބޮޑަށް އިސްކަން ދޭކަމަށާއި  އެގޮތުން ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް ދީނީ ދަރުސް ދިނުމަށް ރާއްޖޭގެ ފުންނާބު އުސް ޝައިޚުން މެދުވެރިކޮށް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމުގައެވެ.

” ދަރިވަރުންނާއި މައިން ބަފައިންގެ ހައްގުތައް” މި މައުޟޫއަށް ދެއްވަން ހަމަޖެހިފައިވާ މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 8:30 ގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top