މިރޭ ބާއްވަން އޮތް ދަރުސް ފަހުގެ ތާރީޚަކަށް ފަސްކޮށްފި

969310_164971510375133_1389812018_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން އެސްކޫލްގެ ގްރޭޑް 6 އިން 9 އާ ދެމެދުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަ ކޮށްގެން އެސްކޫލްގައި ބާއްވަން ނިންމި މިރޭ ނުބާއްވާ ގޮތަށް ނިންމައި ފަހުގެ ތާރީޚަކަށް ފަސް ކޮށްފިއެވެ.

ޕީޓީއޭގެ ފަރާތުން ބުނީ ދަރުސް ކެންސަލް ކުރެވިފައިވަނީ މުޅިން ނުބާއްވާގޮތަށް ނޫންކަމާއި ފަހުގެ ތާރީޚަކަށް ކަމުގައެވެ . އެހެންނަމަވެސް ދަރުސް ކެންސަލް ކުރެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވިއެވެ.

މިރޭ ދަރުސް ދެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ ” ދަރިވަރުންނާއި މައިން ބަފައިންގެ ހައްގުތައް” މި މައުޟޫއު އަށް ޝައިޚް އާދަމަ ޝަމީމު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top