ޕާސްޕޯޓް ކާޑު ތައާރަފްކޮށްފި

95963_faf8d49b-1_-755x435.jpg

ޕާސްޕޯޓް ކާޑުރައީސް އިފްތިތާހް ކޮށްދެއްވަނީ – ފޮޓޯ : ރައީސް އޮފީސް

ދިވެހި ޕާސްޕޯޓްގެ ބަދަލުގައި ޕާސްޕޯޓްކާޑު ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

މި ޕާސްޕޯޓް ކާޑުގައި ސެކިއުރިޓީ ފީޗަރސް ވަރުގަދަ ވުމުގެ އިތުރުން ކާޑުގެ ވެރިފަރާތުގެ ހުރިހާ މަޢުލޫމާތެއް ހިމެނޭނެކަމަށްވެސް އިމްގިރޭޝަނުން ބުނެއެވެ.

މިކާޑު އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މި ކާޑު ބައިނަލްއަޤުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުހުންތަކުގައިވެސް ބޭނުންކުރެވޭނެއެވެ. އަދި އޭޓީއެމުން ފައިސާ ނެގުމާއި ޑްރައިވިން ލައިސަންސްގެ އިތުރުން ވިޔަފާރި ކުރުމުގައިވެސް ބޭނުން ކުރެވޭނެކަމަށާއި ޕޮލީ ކާރބަން މެޓީރިއަލް ތައްޔާރުކޮށްފައިވާ މި ކާޑަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް އިތުރުކުރެވޭނެކަމަށް އިމިގްރޭޝަމުން ބުނެއެވެ.

ޕާސްޕޯޓްކާޑު އިފްތިތާހް ކުރިތާ އެއް ދުވަސްވެސް ނުވަނީސް ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ބީއެމްއެލް އިން ބުނީ ދިވެހި ޕާސްޕޯޓް ކާޑު ވެގެންދާނީ ބައިނަލް އަޤްވާމީ އައިޑީކާޑެއްގެ އިތުރުން ބީއެމްއެލްގައިވާ ކާޑުގެ ވެރިފަރާތުގެ ބޭންކް އެކައުންޓާ ވެސް ގުޅުވާލެވޭ ކާޑެއްކަމަށާއި މިކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށާއި އޭޓީއެމް ތަކުން ފައިސާ ނެގުމަށް ވެސް ބޭނުންކުރެވޭނެކަމުގައެވެ.

“ރާއްޖޭގެ އިމިގްރޭޝަން އާއި ގުޅިގެން، ރައްކާތެރި އަދި ޒަމާނީ މި އައު ޕާސްޕޯޓްކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދިވެހިންނަށް، ރާއްޖޭން ބޭރުގައި އައިޑީކާޑެއްގެ އިތުރުން ފައިސާ ދެއްކުމަށާއި ފައިސާ ނެގުމަށް މި ކާޑު ބޭނުންކުރެވޭނެ،” ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އެންޑްރޫ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ދައުލަތުގެ އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑް މެދުވެރިކޮށް ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އޭޓީއެމް ތަކުން ފައިސާ ނެގުމާއި ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރުން އަދި އޮންލައިން ވިޔަފާރި އަދި އިންޝްއަރެންސްގެ ހިދުމަތްތަކުގައި ވެސް މި ކާޑު ބޭނުން ކުރެވެ އެވެ.

އެހެން ގައުމުތަކާ ޚިލާފަށް ގިނަ ބޭނުންތައް ކުރެވޭގޮތަށް ރާއްޖޭގައި އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑު އޮތަސް ގައުމުތަކަށް ދަތުރުކުރާއިރު ޕާސްޕޯޓް ގެންދަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top