ބޭނުންވަނީ ފުލްޓައިމް މަންމައަކަށް ވާން : ރާނީ

Rani-Mukherjee2.jpg

ބޮލީވުޑްގެ 90 އާއި 2000ގެ އަހަރުތަކުގައި އެންމެ ވިދުންގަދަ އެއްތަރިއަކަށް ހަމަގައިމުވެސް ރާނީ މުކަރްޖީވާނެއެވެ. ފިލްމް ޗަލްތޭ ޗަލްތޭ އާއި ކުޗްކުޗްހޯތާހޭ ފަދަ ރީތި ކިތަންމެ ފިލްމްތައް ކުޅެގެން މަޝްހޫރުވި މި ބަތަލާގެ ހަނދާންތައް އަދި ފޮހެވިގެން ނުދާނެއެވެ.

މިހާރު އޭނާއަކީ ކުޑަދަރިފުޅެއްގެ ޒިންމާދާރު މަންމައެކެވެ. ފިލްމީ ދުނިޔޭގައި އެންމެ ނަގާކިޔާ އުޅޭ ޗާޝްޗޯޕްޅާ އާއިލާގެ ބަހޫއެކެވެ. އަދިތުޔާ ޗޯޕްރާގެ އަނބިމީހާއެވެ.

ކައިވެންޏަށްފަހު އޭނާ ފިލްމްކުޅުމުން ބްރޭކެއް ނެގީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާއެކުގައެވެ. އޭނާގެ އަންހެން ދަރިފުޅު އަދިރާ ޗޯޕްޅާ ލިބުނު ފަހުން ފުލްޓައިމް މަންމަ އެއްގެ ޒިންމާއަދާކުރުމަށް އިންނަނީ ގޭގައެވެ.

އެކަމަކު މިހާރު އަނެއްކާވެސް އެނބުރި އެނބުރި ފިލްމީ ދުނިޔެއަށް އައުމަށް ތައްޔާރުވަނީއެވެ. ޔާޝްރާޖް ފިލްމްސް ގެ ” އިޗްކީ” ކިޔާ ފިލްމަކުން އަލުން ކެރިއަރ ފަށަނީ އެވެ.

ވަރަށް ފަހުން ފިލްމީ މަޖައްލާއަކަށް ދިން ބަސްދީގަތުމެއްގައި ރާނީ ބުނެފައިވަނީ މަންމައަކަށް ވުމަށްފަހު ކޮންމެ ދުވަހަކީވެސް މަންމައެއްގެ ގޮތުން ވަރަށް ގިނަ އެއްޗެތިތަކެއް ދަސްވާކަމުގައެވެ. އަދި ހަމައެފަދައިން އަހަންނަށް ޔަގީން ވާގޮތުގައި އަދިރާވެސް އަހަރެންގެ ގާތުން ގިނަ ކަންތައްތަކެއް ދަސްކޮށްފައިވާނެކަމަށެވެ.

އޭނާ އިތުރަށް ބުނީ މަންމައަކަށްވުމަށްފަހުވެސް ދިރިއުޅުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭނެ މުހިއްމު ކަމެއް ކަމަށާއި އެކަމަށް ކޮންމެ މަޔަކުވެސް ވިސްނަންވާނެކަމުގައެވެ.

” އަހަރެންގެ މައިން ބަފައިން ކޮންމެ ދުވަހަކު އަހަންނާއެކު ބޭރަށް ގޮސް ދިރިއުޅުމަށް މަސައްކަތް ކުުރުމަށް ވަގުތުތައް ހޭދަކުރި. މި ނަމޫނާ އަހަރެންގެ ދަރިފުޅަށްވެސް ދައްކަން ޖެހޭނެ ” ފިލްމް އިންޑަސްޓްރީގައި 20 އަހަރު މަސައްކަތްކޮށްފައިވާ ރާނީ ބުންޏެވެ.

ރާނީ ބުނީ ފުލްޓައިމް މަންމައެއްގެ ގޮތުގައި ހުރުމަށް އަހަރެން ލޯބި ކުރާކަމަށާއި ވޭތުވެ ދިޔަ ދެއަހަރުވެސް ވޭތުވީ އެގޮތުގައި ކަމަށެވެ. ” އެހެންނަމަވެސް މިހާރު އަހަންނަށް ހީވަނީ އަހަރެން އެނބުރި މަސައްކަތަށް ނުކުންނަން ވެއްޖެހެން . ” ހިނިތުންވުމަކާއެކު 39 އަހަރުގެ ރާނީ ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top